| މަޤާމް: | އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ | 
| ބޭނުންވާ އަދަދު: | 01 | 
| މަޤާމުގެ ޤިންތި:  | ދާއިމީ | 
| މުސާރައިގެ ރޭންކް: | އެސިސްޓެންޓް ސިވިލް އޮފިސަރ (ސީ 2) | 
| މަޤާމުގެ ކްލެސިފިކޭޝަން: | ސިވިލް އޮފިސަރސް / ސަޕޯޓް ސަރވިސް | 
| މުސާރަ: | މަހަކު -/5,400 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު  -/3,500ރުފޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު  -/2,430ރުފޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން:      | ހެޑް އޮފީސް / ޕޮލިސީ،  ޕްލޭނިންގ އެންޑް މޮނިޓަރިންގ ސެކްޝަން | 
| ފެންވަރު ނުވަތަ ޝަރުތު:                         | މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
މަޤާމާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމުގެ އިތުރުން ސާނަވީ އިމްތިޙާނުގައި 'ދިވެހި' އަދި 'އިސްލާމް' މި ދެމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަސާނަވީ އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' މި ދެމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުން،އޯލެވެލް ނުވަތަ އޭލެވަލް އިމްތިޙާނުގައި 'އިނގިރޭސި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ އިނގިރޭސި ލިޓްރެސީ ކޯހަކުން ފާސްވެފައިވުންމީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 35 (ތިރީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. | 
| މަޤާމުގެ މަސްޢޫލިއްޔަތު:   | 
މި ސަރވިސްގެ އެނުއަލް އެކްޓިވިޓީ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކާއި ޖަލުތަކުން ހޯދުމާއި ޕްލޭން އެކުލަވާލުން؛ އެކްޓިވިޓީ ޕްލޭންގެ މަސައްކަތްކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހޯދުމާއި ޕްރޮގްރެސް އަދާހަމަކުރުން؛މި ސަރވިސްގެ މަސައްކަތާއި ގުޅޭ ގޮތުން ހަދަންޖެހޭ އެކިއެކި ދިރާސާތަކަށް ބޭނުންވާ ތަފާސް ހިސާބުތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުން.ޖަލުތަކާއި ގުޅޭ ގޮތުން އެކިއެކި މުއައްސަސާތަކުން ނެރޭ ރިޕޯޓްތަކުގައި ހިމެނޭ ހުށަހެޅުންތަކާއި އެއްގޮތަށް އެކަންކަން އިޞްލާޙްކުރޭތޯ ބަލާ މޮނިޓަރކުރުމާއި އެކަންކަމުގެ މައުލޫމާތު ހިމެނޭ ލިޔެކިއުން ބެލެހެއްޓުން.ޖަލު މޮނިޓަރކުރުމަށް އައްޔަންކުރާ ވަރކިންގ ގްރޫޕްގެ ދަތުރު ހަމަޖެއްސުމާއި، މަސައްކަތް ރޭވުމާއި، ރިޕޯޓް ތައްޔާރުކުރުން.އެމް.ސީ.އެސްގެ އިންޓާރނަލް ބޯޑުތަކުގެ ނިންމުންތަކާއި ހުށަހެޅުންތައް އިޞްލާޙްކުރެވޭ މިންވަރު މޮނިޓަރކޮށް ރެކޯޑް ބެލެހެއްޓުން.ޖަލުތަކުގެ ކަންކަން ހިނގަންޖެހޭ ބައިނަލް އަގުވާމީ ސްޓޭންޑަރޑްތަކަށް އަހުލުވެރިވުމާއި،  އެމިންގަނޑުތަކާއި އެއްގޮތަށް މަސައްކަތް ހިނގާތޯ ބަލާ މޮނިޓަރކުރުން.ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަން ޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ސިޓީ އަދި މެއިލްތައް ޖަވާބު ދިނުންސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔުން.އަދި މީގެ އިތުރުންވެސް ސެކްޝަންގެ މަސައްކަތްތައްކުރުމާއި، އެމްސީއެސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދޭންޖެހޭ އެއްބާރުލުމާއި  އެހީތެރިކަން ފޯރުކޮށްދިނުން. | 
| މަޤާމާއި ގުޅޭ ދާއިރާ: | ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ޕްލޭނިންގ، ޤާނޫނީ ދާއިރާ، ރިސަރޗް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް | 
| މަޤާމުގެ ތަޢުލީމީ ރޮނގުތައް: | އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޕްލޭނިންގ / ސޯޝަލް ސައިންސް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ރިސަރޗް / ޕްރޮޖެކްޓް މެނޭޖްމަންޓް / ޤާނޫނީ ދާއިރާ | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: | 
ތައުލީމް ޝަރުތު (ސާޅިސް ފަސް ޕަސެންޓް)ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް (ފަސް ޕަސެންޓް)މަސައްކަތު ތަޖުރިބާ (ދިހަ ޕަސެންޓް)އެސެސްމަންޓް (ދިހަ ޕަސެންޓް)މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ތިރީސް ފަސް ޕަސެންޓް) | 
| ހުށަހަޅަންޖެހޭ ލިޔުންތައް:  | (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.) 
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއްއިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީޕޮލިސް ރިޕޯޓް | 
| ސުންގަޑި:   | މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު  2022 ސެޕްޓެމްބަރ 22 ވާ ބުރާސްފަތި ދުވަހު 15:00 ގެ ނިޔަލަށް   [email protected] ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022  ސެޕްޓެމްބަރ 25 އާއި 30 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ. | 
| އިތުރު މަޢުލޫމާތު | 
މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި މި ސަރވިސްއިންނެވެ.މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.) |