ދިވެހިރާއްޖެ
| 
 ދަނޑުވެރިކަމުގެ ދާއިރާއިން ކޯޑިނޭޓަރުން ތަމްރީނު ކުރުމަށް ބާއްވާ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާންކުރަމެވެ. މި އިންޓާންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ތިރީގައިވާ އިނާޔަތްތައް ހަމަޖައްސައިދެވޭނެއެވެ. 1. ކިޔެވުމުގެ ޚަރަދު 2. އެކޮމަޑޭޝަން އާއި ފުޑް 3. ޕޮކެޓްމަނީ (އެލަވަންސް) މި އިންޓާންޝިޕް ޕްރޮގްރާމަށް ފުރުސަތު ލިބޭ ފަރާތްތަކާއެކު ކަނޑައެޅޭ ވަކި މުއްދަތަކަށް، މިކުންފުންޏަށް ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެއެވެ. | 
|
| އިންޓާންޝިޕް ފުރުސަތުގެ ޢަދަދު: | 02 | 
| އިންޓާންޝިޕް މުއްދަތު: | 4 މަސް (އޮކްޓޯބަރ 2022 އިން ޖެނުއަރީ 2023) | 
| އިންޓާންޝިޕް ޕްރޮގްރާމް ބޭއްވޭތަން: | ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ | 
| ދާއިރާ: | ދަނޑުވެރިކަމުގެ އިންޓާންޝިޕް ޕްރޮގްރާމް | 
| ޝަރުތު: | 
 އޯލަވަލް ނުވަތަ އޭލަވަލް ފުރިހަމަކޮށްފައިވުން ދަނޑުވެރިކަމުގެ މަސައްކަތަށް ޝަޢުޤުވެރިކަން ހުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއް ކަމުގައިވުން އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން ރަށްރަށަށް ދަތުރު ކުރެވޭ ފަރާތެއް ކަމުގައިވުން | 
| ހުށަހަޅަންޖެހޭ ލިޔުން: | 
 ތަޢުލީމާއި ތަޖްރިބާގެ ސެޓްފިކެޓްތައް ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ އެކަމާއިގުޅޭ ލިޔުން ނުވަތަ ދަނޑުވެރިކަމުގައި އުޅޭފަރާތެއްނަމަ އެކަން އެގޭފަދަ ލިޔުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (2 ފުށް ފެންނަގޮތަށް) | 
| ހޮވޭ ފަރާތްތައް ކަނޑައެޅުން: | އިންޓާންޝިޕް ޕްރޮގްރާމަށް ހޮވާ ފަރާތްތައް ކަނޑައަޅާނީ އިންޓަރވިއު ކުރުމަށްފަހު، މަސައްކަތުގެ ތަޖްރިބާއާއި ޝައުޤުވެރިކަމަށް ބެލުމަށްފަހުއެވެ. | 
| ސުންގަޑި: | އިންޓާންޝިޕަށް އެދޭ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތާއި ގުޅުންހުރި ލިޔުންތައް އަދި އައިޑީކާޑް ކޮޕީ [email protected] އީމެއިލްއަށް 25 ސެޕްޓެމްބަރ 2022 ގެ 15:00 ގެ ކުރިން ފޮނުއްވުން. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 3030410 އަދި 3030411 ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. | |