ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2B/426/2022/440
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:55
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެތެރެއިން ފަޅު ގޯތިތައް ސާފުކުރުމާ ބެހޭ

އިޢުލާން

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެތެރެއިން ފަޅު ގޯތިތައް ސާފުކުރުމާ ބެހޭ

              އައްޑޫސިޓީގެ ހިތަދޫ އަވަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ދިރިނުއުޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކުގެ ސަބަބުން

އިޖްތިމާޢީ ބޮޑެތި މައްސަލަތަކާއި ސިއްޙީ މައްސަލަތައް ދިމާވަމުން އަންނަކަންވަނީ ފާހަގަކުރެވިފައެވެ. މިކަން މިގޮތަށް ދިމާވަނީ ގޯތިތަކުގެ ވެރިފަރާތުން ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުދިއުމުގެ ސަބަބުންނެވެ.

           ދައުލަތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗަކީ ގޯތި ޙަވާލުކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅުން ފެށުމަށްޓަކާ ދޫކުރެވޭ ގޯއްޗެއްކަން ދިވެހިރާއްޖޭގައި

ޢަމަލު ކުރަމުންދާ ބިމާއިބެހޭ ޤާނޫނު ނަންބަރު 01/2002ގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުން އެގެންއޮވެއެވެ. ވުމާއިއެކު ސާފުތާހިރު ވެށްޓެއް ޤާއިމުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށްވުމަށްޓަކާ ހިތަދޫ އަވަށުގައި

ހުރި ހުރިހާ ފަޅުގޯތިތައް ސާފުކޮށް ދެއްވުންއެދި ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

           18  ޞަފަރު   1444ހ.

           14 ސެޕްޓެމްބަރު 2022މ.

14 ސެޕްޓެންބަރު 2022