މަސައްކަތް
ނަންބަރު: 198-F/2022/137
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 25 ސެޕްޓެންބަރު 2022 10:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ރެކޯޑު ކުރެވޭ ބަޔާންތައް މުޙްޟަރު ކުރާނެ ފަރާތެއް ހޯދުމާ ގުޅޭ

ރެކޯޑު ކުރެވޭ ބަޔާންތައް މުޙްޟަރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 198-F/2022/132 އިޢުލާންގެ އިންފޮމޭޝަން ޝީޓަށް ބަދަލު އައިސްފާވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް  ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 19 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީ ހިސާބު 25 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ސެޕްޓެންބަރު 2022