ދިވެހިރާއްޖެ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މާލެ، ދިވެހިރާއްޖެ.
އިޢުލާން
މާފުށީ ޖަލުގައި ބޭނުންކުރުމަށް ސައިނޮލޮޖީ ސްޓޯރޭޖް، ޗެކްޕޮއިންޓް ލައިސަންސް އަދި ވިންޑޯސް ލައިސަންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންދާ މާފުށީ ޖަލުގައި ބޭނުންކުރުމަށް ސައިނޮލޮޖީ ސްޓޯރޭޖް، ޗެކްޕޮއިންޓް ލައިސަންސް އަދި ވިންޑޯސް ލައިސަންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | 22 ސެޕްޓެމްބަރ 2022 | ބުރާސްފަތި | 12:00 | 
| އަންދާސީ ހިސާބު ހުށައެޅުން | 29 ސެޕްޓެމްބަރ 2022 | ބުރާސްފަތި | 11:30 |