ދިވެހިރާއްޖެ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މާލެ، ދިވެހިރާއްޖެ.
އިޢުލާން
މި ސަރވިސް އަށް 03 ސަރވާއާއި "ވީއެމް ވެޔާރ ވީސްފިޔާ" އަދި ވިންޑޯސް ސަރވާގެ އެންމެ ފަހުގެ ލައިސަންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސަރވިސްގެ ހެޑްއޮފީސްގައި ޤާއިމް ކުރެވިފައިވާ ޑޭޓާ ސެންޓަރުގައި ބޭނުންކުރަމަށް 03 ސަރވާއާއި "ވީއެމް ވެޔާރ ވީސްފިޔާ" އަދި ވިންޑޯސް ސަރވާގެ އެންމެ ފަހުގެ ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| މައުލޫމާތު ސާފްކުރުން | 22 ސެޕްޓެމްބަރ 2022 | ބުރާސްފަތި | 11:00 | 
| އަންދާސީ ހިސާބު ހުށައެޅުން | 29 ސެޕްޓެމްބަރ 2022 | ބުރާސްފަތި | 11:00 | 
14 ސެޕްޓެމްބަރ 2022