| ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ. | 
| މަޤާމު | މާކެޓިންގ އެސިސްޓަންޓް  | 
| ޑިޕާޓްމަންޓް | ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް މާރކެޓިންގ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން | އެސިސްޓަންޓް
 | 
| މުސާރައާއި ޢިނާޔަތްތައް | މަހަކު -/8,000 އާއި -/ 12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް) | 
| ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން | ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) | 
| ބޭނުންވާ އަދަދު | 01 | 
| ޝަރުޠު | 
މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އޭ. ލެވެލް 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާއިން ދަށްވެގެން "ސ" ފާސް ލިބިފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުންއިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން. | 
| މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
މާކެޓިންގ ސްޓްރެޓަޖީތަކާއި ޕްލޭންތައް މެނޭޖްކޮށް، އަދި ޕްލޭންތަކާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަންފީޒުކުރުމަށް އެހީތެރިވުން.މިކޯޕަރޭޝަނާއި އެކު އެއްބަސްވެފައިވާ މީޑިއާ ޕާޓްނަރުންގެ އިންވޮއިސިންގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ބެލެހެއްޓުމާއި، އަދި އެފަރާތްތަކުން އެއްބަސްވެފައިވާގޮތަށް މަސައްކަތްތައް ވިލަރެސްކުރުން.ކޯޕަރޭޝަންގެ މާކެޓިންގ ޕްލޭނިންގް މަސައްކަތްތަކަށް އެހީތެރިވެދީ، ޑިވެލޮޕްކުރުމުގައި ބައިވެރިވުންޕްލޭންތައް މޮނިޓަރ ކުރުން އަދި އޭގައި ހިމެނޭ ގޮތަށް އެކަންކަން ތަންފީޒުކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން.ކޯޕަރޭޝަންގެ ޚިދުމަތުގެ ދާއިރާގެ ތެރެއިން ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި ޕާޓްނަރުންނަށް ސުޕަވައިޒަރ ގެ ލަފާގެ މަތިން އިނގިރޭސި، އަދި ދިވެހި ބަހުން މުޢާމަލާތުކުރުންކޯޕަރޭޝަނުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ކަމާބެހޭ މާކެޓް ރިސާޗްތައް އެކުލަވާލުމުގެ މަސައްކަތްކުރުން.ކޯޕަރޭޝަންގެ މިހާރުގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި އާންމުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ތަރައްގީކޮށް އާ ހިދުމަތެއް އުފެއްދުމަށްޓަކައި އުފެއްދުންތެރި އަދި އިނޮވޭޓިވް ހޯދުންކޯޕަރޭޝަން ކުރިއެރުވުމަށްޓަކައި ކުންފުނީގެ ޕަބްލިކް ރިލޭޝަންސް ޓީމްއާއި ގުޅިގެން މަސައްކަތްކުރުންމީޑިއާތަކަށް ކަމާބެހޭ ރިޕޯޓްތަކާއި ނޫސްބަޔާންތައް ތައްޔާރުކޮށް، ނިއުސް ބްރީފިންގ ލިޔުމާއި، ޓީވީ، ރޭޑިއޯ އަދި އެހެނިހެން މީޑިއާގެ ވަސީލަތްތަކުގައި ބައިވެރިވެ ހުށަހެޅުމާއި، ކޯޕަރޭޝަނުން ބޭނުންވާ ކަންކަމުގައި މީޑިއާއާ ވިލަރެސްކުރުން.ކޯޕަރޭޝަން އާއި ގުޅޭގޮތުން މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރު، ފޮޓޯ އަދި ގެލެރީތައް އާކައިވް ކުރުމާއި ބެލެހެއްޓުން.ކޯރޕަރޭޝަނުން ކުރިއަށްގެންދާ އާންމުންނާއި ގުޅުންހުރި ހަރަކާތްތައް ވިލަރެސްކުރުމާއި އެކު އަމަލީގޮތުން އެކަމުގައި ބައިވެރިވުން.ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުންކޯޕަރޭޝަނުން ހިންގާ އިންޓާނަލް ހަރަކާތްތަކާއި، އަދި ކޯޕަރޭޝަންގެ އިސްވެރިން ހިމެނޭ އިވެންޓްތަކުގެ ފޮޓޯ/ވީޑިއޯ ނެގުމާއި އަދި ކަވަރޭޖް މީސްމީޑިއާގައި ދައުރުކުރުން. މީގެ އިތުރުން ކޯރޕަރޭޝަނުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުމުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.   | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: | 
މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.އިންޓަރވިއުގްރެފިކް ޑިޒައިނިންގ ދާއިރާއިން ތަޖުރިބާ ހުރުން | 
| ހުށަހަޅަންޖެހޭ ތަކެތި:   | 
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު3.      ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ | 
| ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން: | 2022 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން. | 
| އިންޓަރވިއު: | - އިންޓަރވިއުއާއި އިމްތިޙާނުކުރުން ސެޕްޓެންބަރު/އޮކްޓޫބަރު މަސް ތެރޭގައި ކުރިއަށް ގެންދެވޭނެވެ.  | 
| އިތުރު މަޢުލޫމާތު: | ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ. | 
| 18  ޞަފަރު 1444     14 ސެޕްޓެންބަރު 2022 |