މަސައްކަތް
ނަންބަރު: (IUL)434-PRC/434/2022/266
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 21:41
ސުންގަޑި: 19 ސެޕްޓެންބަރު 2022 11:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ބައެއް ސެންޓަރުތަކާއި ސެކްޝަންތައް ހިންގަމުންދާ (ގ.ގްރީންގޭ) ގައި ކުރަންޖެހޭ މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                 ނަންބަރު: IUL)434-PRC/434/2022/266)  

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

 

މި އޭޖެންސީގެ ބައެއް ސެންޓަރުތަކާއި ސެކްޝަންތައް ހިންގަމުންދާ (ގ.ގްރީންގޭ) ގައި ކުރަންޖެހޭ މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 12 މެއި 2022 ގައި ކޮށްފައިވާ ނަންބަރު: IUL)434-PRC/434/2022/122)  އިޢުލާނާއި ގުޅިގެން  ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ އަގުބޮޑުކަމަށް ބިޑް ކޮމިޓީއިން ނިންމަވާފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ މަސައްކަތުގެ މަޢުލޫމާތު ޝީޓާއި، އިވެލުއޭޝަން ކްރައިޓީރިއާ، ރެޖިސްޓްރޭޝަން ފޯމް، ބިޑް ސެކިއުރިޓީ އަދި ޕަރފޯމަންސް ގެރެންޓީ ފޯމެޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުން

14 ސެޕްޓެމްބަރ 2022 (ބުދަ)

10:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ، މާލެ (ގ. ގްރީންގެ / އަލިކިލެގެފާނު މަގު / މާލެ / ދިވެހިރާއްޖެ)

އަންދާސީ ހިސާބު ހުށަހެޅުން

19 ސެޕްޓެމްބަރ 2022 (ހޯމަ)

11:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ، މާލެ (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

 

11 ސެޕްޓެންބަރު 2022