ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-H1/1/2014/208
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 12:01
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާސަހަރާގައި ހުންނަ ހިނަވާގެ މަރާމާތުކޮށް ނިމެންދެން ހިނަވާގެ ބަންދުކޮށް ގަލޮޅު ސަހަރާ އަށް ވަގުތީގޮތުން ހިނެވުމުގެ ކަންތައް ބަދަލު ކުރުން

އާސަހަރާގައި ހުންނަ ހިނަވާގޭގެ މަތިވަޑާންގަނޑާއި ފަންގިފިލާގައި ކަތުރުފަނިއަޅައި ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ހިނަވާގެ މަރާމާތުކުރުމުގެ މަސައްކަތްތައް މިގެންދަނީ ކުރަމުންނެވެ. މަރާމާތުގެ މަސައްކަތް ކުރަމުންގެންދާއިރު ހިނަވާގޭގައި ކަށުކަމާކެމީގެކަންތައް ކުރިއަށް ގެންދިއުމުގައި ބޮޑެތިދަތިތަކަކާ ކުރިމަތިވެއެވެ. ކަށުކަމާކެމީގެ ކަންކަން ކުރަމުން ހިނަވާގެ މަރާމާތު ކުރާނަމަ އެކަމަށް އެތައް ދުވަހެއް ހޭދަކުރަންޖެހިދާނެއެވެ.

މިހެންވެ 25 އޮކްޓޫބަރު 2014 ވާ ހޮނިހިރުދުވަހުން ފެށިގެން ހިނަވާގޭގެ މަރާމާތުގެ މަސައްކަތް ނިމެންދެން ވަގުތީގޮތުން ހިނެވުމުގެ ކަންތައް (ކަށުކަމާކެމީކަންތައް) ކުރަމުން ގެންދާނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގެ އިމާރާތުގައެވެ.  

ވީމާ، މިކަމުގައި ޚިދުމަތް ހޯއްދަވާ ބޭފުޅުންގެ އެއްބާރުލުން ދެއްވުންއެދި ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 އޮކްޓޫބަރު 2014