ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)455/1/2014/1013
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 1002
ސުންގަޑި: 30 އޮކްޓޫބަރު 2014 1200
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އިންވެސްޓިގޭޓަރ

މަޤާމުގެ ނަން:

ސީނިއަރ އިންވެސްޓިގޭޓަރ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް S01

އަސާސީ މުސާރަ:

-/7,350 ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %35

ޓެކްނިކަލް އެލަވަންސް:

އަސާސީ މުސާރައިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/275ރ.

ފޯނު އެލަވަންސް:

ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން

މަޤާމުގެ މަސްއޫލިއްޔަތު:

ކޮމިޝަނުގެ ޤާނޫނީ މަސައްކަތްކުރުމާއި އިންވެސްޓިގޭޓްކުރުން

މައިގަނޑު މަސައްކަތްތައް:

  1. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް، މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނަށް މަޝްވަރާއާއި ލަފާދިނުން.
  2. ކޮމިޝަން މެންބަރުންގެ ލަފާގެ ދަށުން ސަރުކާރުގެ އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  3. ތަޙުޤީގު ކުރެވޭ މައްސަލަތައް ކުރިއަށްދާ ގޮތާއި މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުން.
  4. މައްސަލަތަކާ ގުޅޭ އެންމެހައި މަޢުލޫމާތެއް ބެލެހެއްޓުން.
  5. ކޮމިޝަންގެ ލަފާގެ ދަށުން މައްސަލަތަކާ ގުޅޭ ރިޕޯޓް ތައްޔާރުކުރުން.
  6. މައްސަލަތަކާއި ގުޅޭގޮތުން ހާޒިރުކުރަންޖެހޭ މީހުންނަށް ހާޒިރުވާން އެންގުން.
  7. މައްސަލަތަކުގައި ގެނެވޭ މީހުންގެ ބަޔާން ނެގުން.
  8. ކޮމިޝަނުން ބަލައި ތަޙްޤީޤު ކުރާ މައްސަލަތަކާ ގުޅުން ހުރި ލިޔުންތައް ދެގަނެ އެފަދަ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްކުރިއަށް ގެންދިއުން.
  9. ކޮމިޝަނުން ބަލައި ތަޙުޤީޤްކުރާ މައްސަލަތަކުގެ ރިޕޯޓް ހިއްސާކުރަންޖެހޭ ދައުލަތުގެ އިދާރާތަކަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  10. ކޮމިޝަނުން ބަލައި ތަޙްޤީޤުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢްވާކުރުމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި ޖިނާޢީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި މެންބަރުންގެ ލަފައާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  11. ކޮމިޝަނުން ބަލައި ތަޙުޤީޤްކުރާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާ މައްސަލަތަކާއި އިތުރު މަޢުލޫމާތު ހޯދުމަށް އެދޭ މައްސަލަތަކުގައި މެންބަރުންގެ ލަފައާއެކު ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  12. ކޮމިޝަނުން ބަލާ މައްސަލަތަކާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ޓައިޕްކުރުން.
  13. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓުން ހޯދައި ތައްޔާރުކޮށް ކަޑައެޅިފައިވާ ޑެޑްލައިނަށް ކަމާ ބެހޭ ޑިޕާޓްމަންޓާ ޙަވާލުކުރުން.
  1.  މަޤާމުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. ނުވަތަ
  • ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރިފަރަންސް/ ރެކަމަންޑޭޝަން ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
  •  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި:

  • 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ­އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްރަކްޗަރ ކޮށި (ނަމޫނާ ހައުސިންގ ޔުނިޓް)

އަމީނީމަގު, މާފަންނު، މާލެ 20392، ދިވެހިރާއްޖެ

އިންޓަވިއުކުރުން:

  • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމީ ސެޓުފިކެޓްތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
 
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ކޮމިޝަނުގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެމެވެ.
2014-10-22