ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2014/600
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 30 އޮކްޓޫބަރު 2014 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 15,246.00 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 6,534.00 ރ

އޮފީސް:

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ދާއިރާ:

އިސްލާމިކް ސްޓަޑީޒް

ރޭންކް:

3

މަޤާމުގެ ޝަރުޠު:

 

  • ކިޔަވައިދިނުމާ ގުޅޭ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ މިއާ އެއްފެންވަރުގެ ތަޢުލީމާއި ތަޖުރިބާ، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ލެކްޗަރަރގެ މަޤާމުގައި 6 އަހަރު ދުވަސް ހޭދަކޮށްފައިވުން.

 

މަސްއޫލިއްޔަތު:

  • ޓޭބަލްކުރެވޭ ގަޑިއާއި ބަދަލުގައި ނަގަންޖެހޭ ގަޑިތަކަށް ކްލާސްތަކުގައި ކިޔަވައިދިނުން. ޓިއުޓޯރިއަލާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ ކޯސް ނިމުނު ގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުން. އެސައިންމަންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި މާކްސްތައް ތައްޔާރުކުރުން. ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯމަންސް މޮނިޓަރކޮށް މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރު ކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

    (ހ) އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙު ކުރުން.

    (ށ) ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

    (ނ) މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ނިންމުން.

    (ރ) ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތް ކުރުން.

    (ބ) ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައާއި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.

    (ޅ) ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

  • ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތަށް ފަސްނުޖެހޭ ޕްރޮފެޝަނަލް ރޫޙެއްގައި މަސައްކަތްކުރުން
  • އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.
  • ކޯސް ކޯޑިނޭޓް ކުރުމާއި މާއްދާ ކޯޑިނޭޓްކުރުން. ފެކަލްޓީ އަދި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުން.
  • މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
23 އޮކްޓޫބަރު 2014