ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2014/428
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 27 އޮކްޓޫބަރު 2014 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ / މެނޭޖަރ

އިޢުލާން ނަންބަރު 405/2013/ADM -60 ގެ އިޢުލާނަށް ޝަރުޠު ފުރިހަމަވާ ކެންޑިޑޭޓުން ލިބިފައިނުވާތީ މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:  އެސިސްޓަންޓް މެނޭޖަރ / މެނޭޖަރ

އަދަދު:01

އަސާސީ މުސާރަ: ހަމަޖައްސާނީ ތަޢުލީމީ ފެންވަރަށާއި އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ބެލުމަށްފަހު

މަސައްކަތް ކުރަންޖެހޭ ތަން: ފިއުލް ޑިސްޓްރިބިޔުޝަން ސެންޓަރ / ކ.ފުނަދޫ

އެހެނިހެން ޢިނާޔަތްތައް:

 * އިތުރު އެލަވަންސް: -/2500ރ – -/3000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

- ފުނަދޫގައި ގެންގުޅޭ އިލެކްޓްރިކަލް އަދި މެކޭނިކަލް މެޝިނަރީއަށް ދިމާވާ މައްސަލަ ހައްލުކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން

- ފުނަދޫ އިލެކްޓްރިކަލް ނެޓްވޯކް އަދި ޕަވަރ ހައުސް ކަންތައްތައް ސުޕަވައިޒްކުރުން

- ޑިޕާޓްމަންޓްގެ މާކެޓިންގ ހަރަކާތްތައް ރާވައި ހިންގުން

 ތަޢުލީމާއި ތަޖުރިބާ:

*  މެކޭނިކަލް / އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީއާ އެއް ފެންވަރުގެ ސަނަދެއް ފުރިހަމަ ކޮށްފައިވުން

* އިނގިރޭސި އަދި ދިވެހި ބަހުން މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

* މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

* މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު:  3344261   ފެކްސް: 3344041  ވެބްސައިޓް: www.stomaldives.com

21 އޮކްޓޫބަރު 2014