ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/180
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 11 ސެޕްޓެންބަރު 2022 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލްޑަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ވެލްޑަރ

ވަޒީފާގެ ދާއިރާ:

  • ޓްރާންސްޕޯރޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާރޓްމަންޓް
  • އައިލެންޑް ޕަވަރހައުސަސް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތުގެ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛

ވެލްޑިންގ އެންޑް ފެބްރިކޭޝަން ދާއިރާއިން ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ވެލްޑިންގ މަސައްކަތާއި ގުޅިގެން ބޭނުންކުރާ އިކްއިޕްމަންޓް އާއި މެޝިނަރީ ސަރވިސްކޮށް/ މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުން
  • މަސައްކަތްތަކަށް ބޭނުންވާ ވެލްޑިންގ މަސައްކަތްތައް ޔުނިޓްގެ ވެރިން އަންގަވާ ގޮތުގެ މަތިން ކުރުން
  • ޑިޕާރޓްމަންޓުން ރާވާފައިވާ މެއިންޓަނަންސް މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރު އަންގާގޮތެއްގެ މަތީން އެމަސައްކަތެއްކޮށް ނިންމުން.
  • ކުންފުނީގެ ފަރާތުން ރަށުންބޭރުގައި (އަތޮޅުތަކުގެ ސްޓެލްކޯ އިންޖީނުގެ) މަސައްކަތްކުރަން ޖެހޭ ހާލަތެއްގައި އެރަށަކަށްގޮސް ހަވާލުވެފައިވާ މަސައްކަތްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

11 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 11 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

08 ޞަފަރު   1444

04 ސެޕްޓެންބަރު 2022

04 ސެޕްޓެންބަރު 2022