ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
ބ.ގޮއިދޫ / ދިވެހިރާއްޖެ.
ނަމްބަރު: (IUL)325-MS/325/2022/40
އިޢުލާން
އެކިއެކި ބޭނުންތަކަށް ގޮއިދޫއިން ބިންކުއްޔަށް ދޫކުރުމާއި ވިއްކުމަށް ކަނޑައެޅިފައިވާ އެންމެ ކުޑައަގު ޢާންމުކުރުން
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ރަށްރަށުން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެކުޑައަގު ކަނޑައެޅުމުގެ ބާރު ، ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކަށް ދީފައިވާތީ ، މި ކައުންސިލުން ބ ގޮއިދޫ އިން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑައަގު ، ކައުންސިލްގެ 4 ވަނަ ދައުރުގެ 43 ' 48 ވަނަ ޖަލްސާއިން ކަނޑައަޅާ ވަނީ ފާސްކޮށްފައެވެ. މިގޮތުން އިޤްތިޞާދީ ، އިޖްތިމާޢީ އަދި ޢުމްރާނި ތަރައްޤީއާއި ގުޅުން ހުރި އެކިދާއިރާ ތަކުން ބިން ކުއްޔަށް ދޫކުރުމަށާއި ވިއްކުމަށް ކަނޑައެޅިފައިވާ އެންމެ ކުޑައަގު ތިރީގައި މިވަނީއެވެ.
ކުއްޔަށް ދޫކުރެވޭ ބިން :
| 
 ޒޯން އަދި މަސައްކަތުގެ ދާއިރާ  | 
 އެންމެ ކުޑައަގު ( އަކަފޫޓަކަށް)  | 
| 
 އިންޑަސްޓްރިއަލް ޒޯންތައް : ޞިނާއީ މަސައްކަތް ތަކަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު  | 
 0.25 ރުފިޔާ އަކަފޫޓު  | 
| 
 އެގްރިކަލްޗަރ ޒޯން : ދަނޑުވެރިކަމާއި ،ދިރޭތަކެތި ގެންގުޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު  | 
 0.10 ރުފިޔާ އަކަފޫޓު  | 
| 
 ވިޔަފާރި ޒޯން : ޢާންމުންދިރިއުޅޭ ސަރަޙައްދުގެ  | 
 1.00 ރުފިޔާއަކަފުޓު  | 
| 
 ވިޔަފާރި ޒޯން : ބަނދަރު ސަރަޙައްދުގެ  | 
 1.50 ރުފިޔާ އަކަފޫޓު  | 
| 
 ޓޫރިޒަމް ޒޯން : ސިޓީހޮޓާ / ގެސްޓްހައުސް އަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު  | 
 4ޑޮލަރ އަކަ މީޓަރު  | 
| 
 ޓޫރިޒަމް ޒޯން : ޓޫރިޒަމާގުޅުންހުރި އެހެނިހެން ( ޑައިވިން ،ވޯޓަރ ސްޕޯޓް ފަދަ )  | 
 1.00 ރުފިޔާ އަކަފޫޓު  | 
| 
 ޢާންމު ޚިދުމަތްދޭ ޒޯން ތައް: ކޭބަލްޓީވީ / މުވާޞަލާތީ ޚިދުމަތް ފަދަ  | 
 0.70 ރުފިޔާ އަކަފޫޓު  | 
ވިއްކާ ބިންތައް :
| 
 ޓޫރިޒަމް ޒޯން : ބީޗް ފްރަންޓް  | 
 450.00 ރުފިޔާ އަކަފޫޓު  | 
| 
 މީހުން ދިރިއުޅޭ ސަރަޙައްދު : ޢާންމު ދިރިއުޅުމަށް  | 
 300.00 ރުފިޔާ އަކަފޫޓު  |