| މަޤާމު | މަސައްކަތު | 
| ބޭނުންވާ އަދަދު | 02 (ދެއެއް) | ހަމަޖައްސާ ސެކްޝަން: އޮފީސް އެޑްމިނިސްޓްރޭޝަން | 
| ރޭންކް | އެސް.އެސް 1 | ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 | 
| މުސާރަ | -/3,100 ރ. | ސާރވިސް އެލަވަންސް: -/1,000 ރ. | 
| މަގާމުގެ ޝަރުތު | 
ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން. | 
| މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު | 
ނަމާދު ވަގުތު ތަކުގައާއި އެނޫން ވަގުތުތަކުގައި މަރުކަޒުގެ ނަމާދުކުރާ ބައިތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.އިސްލާމީ މަރުކަޒުގެ މިހުރާބުގެ ފޮޅައި ސާފުކޮށް ބެލެހެއްޓުން.އިސްލާމީ މަރުކަޒާއި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްޢައުޒަމް ހިމެނޭ ޢިމާރާތާއި ޢިމާރާތް ހިމެނޭ ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމާއި މަރާމާތުތައް ކުރުން.އުސް ތަންތަނަށް އަރައި ފޮޅައި ސާފުކުރުމުގެ މަސައްކަތްކުރުން. މީގެ ތެރޭގައި އިސްލާމީ މަރުކަޒުގެ މުންނާރާއި އަދި ގުއްބު ހިމެނެއެވެ.ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުބަރިތައް ދޮވެ ސާފުކުރުން އަދި ކުނިއުކާލުމުގެ މަސައްކަތް ކުރުން.ގޯތިތެރޭގައި ގަސް އިންދުމާއި ގަސްތަކަށް ފެންދީ ހެދުން.ޖަލްސާތަކަށް ހޯލު ތައްޔާރު ކުރުމަށް ގޮޑި އަދި މޭޒު އުފުލައި ބޭނުންވާ ގޮތަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރުން.އިސްލާމީ މަރުކަޒުގެ ޢިމާރާތުގެ ދޮރާއި ދޮރުފަތް ތަކުގައި ދަވާދުލުމާއި ވަރުނީސްލުމުގެ މަސައްކަތް ކުރުން.ފެންތާނގީތައް ދޮވެ ސާފުކުރުން  އަދި މީގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި މަސައްކަތްތައް ކުރުން. | 
| ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް | 
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބް ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | 
| މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަންއަދި ގަޑި: މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޑިއުޓީ އުސޫލުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ. (ޑިއުޓީތަކަކީ 08:00 ން 03:00 އަށް، އަދި 13:30 ން 20:30 އަށެވެ.) | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ. | 
| ސުންގަޑި 
30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް / އިސްލާމީ މަރުކަޒުގައެވެ.މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަމްބަރަކީ 3315161އީމެއިލް ކުރައްވާނީ [email protected]  އަށެވެ. |