ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ބޭނުމަކަށް، އަތޮޅުތެރޭގައި އިމާރާތް ކުރެވެމުންދާ މަޝްރޫޢުތަކުގެ ތެރެއިން ތިރީގައި ދެންނެވިފައިވާ 7 މިސްކިތުގެ މަޝްރޫޢަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ހދ. ނޭކުރެންދޫ މިސްކިތް އިމާރާތްކުރުން
 - ށ. ފީވަކު މިސްކިތް އިމާރާތްކުރުން
 - ނ. މާޅެންދޫ މިސްކިތް އިމާރާތްކުރުން
 - ނ. ޅޮހީ މިސްކިތް އިމާރާތްކުރުން
 - ރ. އަނގޮޅިތީމު މިސްކިތް އިމާރާތްކުރުން
 - ރ. އިންނަމާދޫ މިސްކިތް އިމާރާތްކުރުން
 - ލ. މާވަށު މިސްކިތް އިމާރާތްކުރުން
 
ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އޮފީހަށް އަގު ހުށަހަޅުއްވައިދެއްވުން އެދެމެވެ.
| 
 ތާރީޚު  | 
 ވަގުތު  | 
 ތަފުސީލު  | 
| 
 23/10/2014 ބުރާސްފަތި  | 
 13:00 - 9:00  | 
 މަޢުލޫމާތު ޝީޓު ދޫކުރުން (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ކައުންޓަރުން)  | 
| 
 30/10/2014 ބުރާސްފަތި  | 
 11:00  | 
 އަގު ހުށަހެޅުއްވުން  | 
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައިނުވާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
21 ޛުލްޙިއްޖާ 1435