| މަޤާމް: ކައުންސިލް އެސިސްޓެންޓް (ވަގުތީ) ( ފިރިހެން) | އުޖޫރަދެވޭގޮތް: ކޮންމެ ނަމާދު ވަގުތަކަށް 45:00 ރުފިޔާ | 
| ރޭންކް : އެސް. އެސް 1 ( ސަޕޯޓް ސަރވިސް 1 ) ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1 މަގާމުގެ ގިންތި: ވަގުތީ | އޮފީސް /އިދާރާ : މަނަދޫ ކައުންސިލް އިދާރާ ޔުނިޓް: ކޯޕަރޭޓް އެފެއާރޒް ސެކްޝަން: ޕްލޭނިންގ އެންޑް މުނިސިޕަލް ސާރވިސް | 
| ވަޒީފާއަދާކުރަން ޖެހޭ ތަން: ނ.މަނަދޫ ކައުންސިލް އިދާރާ / ނ. މަނަދޫ މިސްކިތް | ބޭނުންވާ ޢަދަދު: 01 މުއްދަތު: 06 މަސް ދުވަސް | 
| އެހެނިހެން ޢިނާޔަތްތައް: | މިމަޤާމުގައި ވަޒީފާއަދާ ކުރައްވާ ފަރާތްތަކަށް އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާ ދެވޭނެއެވެ. މިނިމަމް ވޭޖް އެލަވަންސް | 
|   މަޤާމުގެ އަސާސީޝަރުޠުތައް | 1.ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.   | 
|   މަޤާމުގެ މަސްޢޫލިއްޔަތުތައް:       |   
ކޮންމެ ނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތާއި ވަޅުދޮށް  ސާފުކުރުން.                މިސްކިތް ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތާބެހޭ ހުރިހާ ކަމެއް ކުރުން.ފާޚާނާ އާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުން.ކޮންމެ ދުވަހަކުވެސް މިސްކިތައްގޮސް ހޮޅިބުރި ، ފަންކާ ، ކަބަޑުތައް ސާފުކުރުން. ހޮޅިބުރި ތަކާއި ފަންކާތައް ބޭނުންވާ ވަގުތުގައި ދިއްލާ ނިއްވުން.މިސްކިތްތަކަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ރަށުކައުންސިލް އިދާރާ އަށް އަންގަމުން ގެންދިއުން.ރަށުކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން މިސްކިތު ގޯތިތެރެ ވިނަނޮޅާ ސާފުކުރުން. ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއް ރަށުގެ ވެރިން އަންގަވާ ގޮތައް ފަރުވާތެރިކަމާ އެކު ކުރުން.   | 
| ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
ލިބިފައިވާ ތަޢުލީމާއި ތަމްރީންލިބިފައިވާ މަސައްކަތުގެ ތަޖުރިބާލިބިފައިވާ ހުނަރު | 
|     އިންޓަވިއުކުރުން:  | 
ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ، ތަޖްރިބާއަށާއި ، މަސައްކަތައް ބޭނުންވާ ހުނަރަށް ބެލުމަށްފަހު އެންމެ މަތީން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރުމުން ހޮވޭ ފަރާތްތަކާއެވެ.އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ސެޕްޓެމްބަރ 2022 އާއި 08 ސެޕްޓެމްބަރ 2022 އާ ދެމެދު، ނ. މަނަދޫ ކައުންސިލްގެ އިދާރާގައެވެ.   | 
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޮގަސްޓް 2220 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ އަށެވެ.ރހ | 
|     އެޕްލިކޭޝަން އާއި އެކު ހުށަހަޅަންޖެހޭ ތަކެތި                 | ހުށަހަޅަންޖެހޭ ލިޔުންތައް:  
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް ލިބެން ހުންނާނީ ރަސްމީގަޑީގައި މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި ،ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ )މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ  ނަންބަރާއި އީމެއިލް އެޑްރެހާއި އެކު) | 
|   މަޢުލޫމާތު ސާފުކުރުން | މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560029 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560029 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. | 
|  |  |  |  |