ޢާންމު މަޢުލޫމާތު
ނަންބަރު: 198-L/2022/116
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 31 ޑިސެންބަރު 2022 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ގުޅޭ

ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތްތަކުގައި، ފަސޭހަކަމާއެކު އެކަން ހަމަޖެއްސުމުގެ މަގު ޝަރުޢީ ކޯޓުތަކަށް ފަހިކޮށްދިނުމުގެ ގޮތުން، ތަރުޖަމާނުންގެ ދަފްތަރެއް މި ޑިޕާޓްމަންޓުގައި ޤާއިމްކުރުމުގެ މަސައްކަތް މި ޑިޕާޓްމަންޓުން މި ދަނީ ކުރަމުންނެވެ. 2 ޖަދުވަލެއްގެ މައްޗަށް އެކުލަވާލެވޭ މި ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނޭނީ، ބަސް ތަރުޖަމާކޮށްދޭ މީހުންގެ ލިސްޓެވެ. އަދި ޖަދުވަލު 2 ގައި ހިމެނޭނީ ވާހަކަދެއްކުމާއި، އަޑުއިވުމުން މަޙުރޫމުވެފައިވާ މީހުންގެ ތަރުޖަމާނުންގެ ލިސްޓެވެ. ވީމާ:

ތަރުޖަމާނުންގެ ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނުމަށްޓަކައި އަންނަނިވި ބަސް ތަރުޖަމާކޮށްދޭނެ ތަރުޖަމާނުން މި ޑިޕާޓްމަންޓުން ބޭނުންވެއެވެ.

-          ހިންދީ، ބަންގްލަދޭޝް، އުރުދޫ، ސިންހަލަ، އިނގިރޭސި އަދި މެޑިކަލް އިނގިރޭސި.

އަދި ތަރުޖަމާނުންގެ ދަފްތަރުގެ ޖަދުވަލު 2 ގައި ހިމެނުމަށްޓަކައި ވާހަކަދެއްކުމާއި، އަޑުއިވުމުން މަޙުރޫމުވެފައިވާ މީހުންނަށް ތަރުޖަމާކޮށްދޭނެ ތަރުޖަމާނުން މި ޑިޕާޓްމަންޓުން ބޭނުންވެއެވެ.

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމަނާނީ، އެކަމަށްޓަކައި ކުރާ އިންޓަވިއުއަށް ބަލައި، ތަރުޖަމާކުރުމުގެ ޤާބިލްކަން އެކަށޭނެ މިންވަރަކަށް ހުރި ފަރާތްތަކެވެ. ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ އެހީތެރިކަން ޝަރުޢީ ކޯޓަކުން ހޯދައިފިނަމަ، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އުޖޫރަދޭ ގޮތަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަދި މަތީގައި ދެންނެވިފައިވާ ބަސްތަކުގެ އިތުރުން އެހެން ބަސްތައް ތަރުޖަމާ ކޮށްދިނުމަށްވެސް ހުށަހެޅޭނެ ވާހަކަވެސް ދެންނެވީމެވެ.

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓުގެ ވެބްސައިޓް dja.gov.mv އިން އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކައުންޓަރުން އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި [email protected] އަށް އީމެއިލް މެދުވެރުކޮށް ހުށަހަޅުއްވާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

18 އޮގަސްޓް 2022