ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2022/59
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 16 އޮކްޓޫބަރު 2022 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ޙިދުމަތަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާން

ފެނުގެ ޙިދުމަތަށް އެދި ފޯމް ހުށަހެޅުމުގެފުރުޞަތު ހުޅުވާލުން.

މިރަށުގައި މިހާރު ޤާއިމުކުރަމުންގެންދާ ފެނުގެ މަޝްރޫޢުގެ ދަށުން، ގޭގެއާއި، ވިޔަފާރިތަކާއި، ސައިހޮޓާ ރެސްޓޯރަންޓްތަކާއި، ގެސްޓްހައުސްތަކާއި، އެކިއެކި މުއައްސަސާތަކުން ފެންހޮޅި ގުޅައިދިނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 17 އޮގަސްޓް 2022 ން 16 އޮކްޓޯބަރ 2022 ވަނަދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިލެވިފައެވެ.

ފެނުގެ ޙިދުމަތައް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް www.gan.gov.mv އިން ލިބެން ހުންނާނެއެވެ. މި ކަމަށްއެދި ލައްވާ ފަރާތްތަކުން [email protected] އަށް އީމެއިލްކޮށްދެއްވުމަށް ނުވަތަ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 އަށް މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ފޯމުތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި ފޯމާއެކު ހުށަހަޅަންޖެހޭތަކެތި ހުށަހަޅައިފައިނުވާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 މުޙައްރަމް 1444

17 އޮގަސްޓް 2022

17 އޮގަސްޓް 2022