ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23/23/2022/392
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 28 އޮގަސްޓް 2022 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

 

 

 

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް

މަޤާމު

ނަރުހެއް ނުވަތަ މިޑްވައިފެއް ކަމުގައިނުވާ ޞިއްޙީ ޚިދުމަތުގެ ފަންނީ

މަސައްކަތްތެރިއެއް

ބޭނުންވާ ޢަދަދު

1 (އެކެއް)

މެމްބަރުކަމުގެ ދައުރު

5 (ފަހެއް) އަހަރު

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

(ހ) ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން؛

(ށ) ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުން؛

(ނ) ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ޞިއްޙީ ޚިދުމަތުގެ ފަންނީ ލްޑިވްސް ނަރސިންގ އެންޑް މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން މޯ މިޑްވައިފަރީ ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން؛

(ރ) ދިވެހިރާއްޖޭގައި ހިންގާ ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމީ މަރުކަޒުތަކުގެ ލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ޤަބޫލުކުރާ ތެރެއިން މޯ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނުދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ޝަރުޠުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން؛

 

(ބ)  ނަރުހުންނާއި މިޑްވައިފުން ރަޖިސްޓަރީ ކުރުމާއި އެމީހުންގެ ރަޖިސްޓަރީ ބާޠިލުކުރުން؛

(ޅ) ނަރުހުންނާއި މިޑްވައިފުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ބާޠިލުކުރުން؛

(ކ) ނަރުހުންނާއި މިޑްވައިފުން އެމީހުންގެ މަސައްކަތްކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން؛

(އ) ނަރުހުންނާއި މިޑްވައިފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެކަންކަން ތަންފީޛުކުރުމާއި، ގަވާއިދުން އެމީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދިޔުން؛

(ވ) ނަރުހުންނާއި މިޑްވައިފުން އެމީހުންގެ ވަޒީފާ އަދާކުރާ ކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(މ) ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިޙާންތަކަށާއި، އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން؛

(ފ)  ކައުންސިލްގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި މި ޤާނޫނާ ތަޢާރުޟުނުވާނެ ގޮތެއްގެމަތިން ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛

(ދ) ނަރުހުންނާއި މިޑްވައިފުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އައު އުސޫލުތައް ތަޢާރުފުކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމަށްޓަކައި އުސޫލުތައް ތަޢާރުފުކުރުމާއި، ނަރުހުންނާއި މިޑްވައިފުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ އުސޫލުތަކަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން؛

(ތ) ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛

(ލ) ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުން ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލާ ޙަވާލުކުރާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން؛

(ގ) ކައުންސިލްގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ނިސްބަތްވާ ކައުންސިލަށް އެމީހެއްގެ ފަންނީ ޢިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއި މުޙްތަރިފްކަމާ އެކުގައި ޚިދުމަތްކުރުން އަދި އޭނާއާ ޙަވާލުކުރެވޭ ކަންކަން އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛

(ޏ) އެއްވެސް މެންބަރެއްގެ އަމިއްލަ މަޞްލަޙަތެއް ނުވަތަ ދައުރެއްއޮތް މައްސަލައެއް ކައުންސިލުން ބަލާހިނދު، އެ މައްސަލަ ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެންނުވާނެއެވެ. އަދި ކައުންސިލުން ބަލާ މައްސަލައަކީ އެފަދަ މަޞްލަޙަތެއް ނުވަތަ ދައުރެއްއޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދު، އެ މައްސަލައަކީ އޭނާއާ ގުޅުމެއްއޮތް މައްސަލައެއްކަން ކައުންސިލްގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު އެއްކިބާވުން؛

(ސ) އިސްވެ ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވީ ކައުންސިލްގެ ރައީސަށް ކަމުގައިވާނަމަ، ކައުންސިލްގެ ނައިބު ރައީސަށް އެކަން އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އޭނާ އެއްކިބާވުން.

މެންބަރުކަމުގެ ޝަރުޠު

  1. ނަރުހެއް ނުވަތަ މިޑްވައިފެއް ކަމުގައިނުވާ ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  2. ފިރިހެނަކު ކަމުގައިވުން

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެންބަރުކަމުގެ ސިފަތައް

  1. ދިވެހި ރައްޔިތެއްކަމުގައި ވުން.
  2. ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާގް ހުރި މީހަކު ކަމުގައިވުން.
  3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  4. ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  5. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ   މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  6. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  7. ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  8. ޞިއްޙީ ޚިދުމަތްދޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  9. ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  10. ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން
  11. ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ތައުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް (ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް)

ބެޗްލަރސް ޑިގްރީ - 20 މާކުސް

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ - 25 މާކުސް

މާސްޓަރސް - 30 މާކުސް

ޕީ.އެޗް.ޑީ - 40 މާކުސް

 

 

މަސައްކަތުގެ ތަޖުރިބާއަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރާ 7 އަހަރާ ދެމެދު - 5 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރާ 10 އަހަރާ ދެމެދު - 10 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރާ 12 އަހަރާ ދެމެދު - 15 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރަށްވުރެ ގިނަ - 20 މާކުސް

ތަޖުރިބާއަށް މާކުސް ދިނުމުގައި ރިޢާޔަތް ކުރާނީ މި އިއުލާނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭ ލިޔުންތަކަށެވެ.

 

މެންބަރުކަމުގެ މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމު (40 އިންސައްތަ)
  2. ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (20 އިންސައްތަ)
  3. އިންޓަރވިއު (40 އިންސައްތަ)

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަޤާމަށް ޢައްޔަންކުރެވޭނީ އިންޓަރވިއުއިން މަދުވެގެން 25 މާކުސް ހޯދުމާއެކު ޖުމްލަ މާކުސް 65 އިން މަތިން ހޯދައި، އެންމެ މަތިން މާކުސް ހޯދާ ފަރާތެކެވެ.

މާކްސް ދިނުމާއި އިންޓަވިއު ކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

  1. ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
  2. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޢައްޔަންކުރާނީ، މިނިސްޓްރީން ޢާންމުކޮށް އިޢުލާންކުރުމުން ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ކޮށްގެން އެންމެ މަތީ މާކުސް ލިބޭ ފަރާތެކެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ.
  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މެމްބަރުކަމަށްއެދޭ ފަރާތަށް ލިބިފައިވާ ތަޖުރިބާ ބަޔާންކޮށްދިނުމަށް ޓަކައި މެމްބަރުކަމަށް އެދޭ ފަރާތް އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  2. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ.
  3. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް ނުވަތަ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީ ވެފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.ޕ
  5. ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 28 އޮގަސްޓު 2022 ގެ 14:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014331 ނުވަތަ 3014330 އެވެ.

 

 

 

15 އޮގަސްޓް 2022