ދިވެހިރާއްޖެ
ގދ. މަޑަވެލި ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޢިމާރާތުގައި ކުރަންހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތުން ޙާޒިރުވެވެން ނެތްނަމަ، ވެރިފަރާތުގެ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ސިޓީއެއް ފޮނުވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާންޖެހޭ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމެއް ނޯންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
13:00 |
ބުދަ |
24 އޮގަސްޓް 2022 |
މަޢުލޫމާތު ދިނުން |
13:00 |
ހޯމަ |
05 ސެޕްޓެމްބަރ 2022 |
ބީލަން ހުށަހެޅުން |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.