| މަޤާމް: | ސަޕޯޓް ސަރވިސް އޮފިސަރ 1 | 
| ރޭންކް: | CS-SS1 | 
| ކްލެސިފިކޭޝަން: | ސަޕޯޓް ސަރވިސް | 
| މުސާރަ: | މަހަކު-/3,753 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/3500  ރުފިޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް:  | މަހަކު 1688/85  ރުފިޔާ | 
| ބޭނުންވާ އަދަދު: | 01 | 
| މަސައްކަތް ކުރަންޖެހޭ ތަން: | ހެޑް އޮފީސް  | 
| މަޤާމުގެ ޤިންތި:  | ދާއިމީ | 
| ފެންވަރު ނުވަތަ ޝަރުތު:           | 
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއިޤާބިލްކަން ސާބިތުކޮށްދިނުމާއެކު،ދިވެހިބަހުން ލިޔަން ކިޔަން އެނގޭ މީހެއް ކަމުގައި ވުން.އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން ، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރި ކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން. | 
|   މަޤާމުގެ މަސްޢޫލިއްޔަތު:   |   
ސަރުކާރުގެ އެކިއެކި އިދާރާތަކާއި އެކިއެކި އޮފީސްތަކަށް ފޮނުވަން ޖެހޭ ސިޓީއާއި އެހެނިހެން ލިޔުންތަކާއި ތަކެތި ގެންގޮސްދިނުން.ހެޑް އޮފީހުގެ ސްޓޮކަށާއި އެހެނިހެން މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ އަގުބެލުމާއި ކޯޓޭޝަން ނެގުން.އޮފީސް ހުޅުވާ ލެއްޕުން.މުވައްޒަފުން އުޅޭ ސަރަހައްދާއި އޮފީހުން ކަނޑައަޅާ އެހެނިހެން ސަރަހައްދުތައް ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުން.މި ސަރވިސްގެ ހެޑްއޮފީހުގެ މެއިންޓެނެންސް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުންމަޤާމާއި ގުޅޭ ގޮތުން ހަވާލުކުރާ އިތުރު މަސައްކަތްތައް. | 
| މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:    | 
މަސައްކަތުގެ ތަޖުރިބާލިޔަންކިޔަން ދަތުމާއެކު / އިންޓަވިއުގައި މަސައްކަތަށް ގާބިލްކަން ކަށަވަރު ކޮށްދިނުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް:  | 
ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ކޮޕީއެއް.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).ސިވިލް ސަރވިސްއަށް ނުވަތަ ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.ޕޮލިސް ރިޕޯޓް.   | 
| ސުންގަޑި:   | 
މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން  ވަޒީފާއަށް  އެދޭ ފޯމާއި ވަނަވަރު  އަދި  ލިޔެކިޔުންތަކާ އެކު  2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހު 15:00ގެ ނިޔަލަށް  [email protected] ނުވަތަ [email protected]   އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: | 
މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 އޮގަސްޓް 21 އާއި 31 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
|   | 
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ. | 
| އިތުރު މައުލޫމާތު :   | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.) |