ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/220
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:01
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭމަންޓް މަތިން ވެހިކަލް ދުއްވުން މަނާކުރުމާއި ގުޅޭ

ޑިޒައިން އެންޑް ބިލްޑް އޮފް ފުވައްމުލައް ސިޓީ އިންޓަރނަލް ރޯޑްސް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާއިރު މަގުތަކުގައި ހަދާފައިވާ ޕޭމަންޓްތަކުގެ މަތިން ވެހިކަލް ދުއްވާކަން ވަނީ ފާހަގަވެފައެވެ. ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށްޓަކައި ކުރެވޭ މަސައްކަތްތަކާއި ބިނާ ކުރެވޭ ތަންތަން ދިގުމުއްދަތަކަށް ބެލެހެއްޓޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ.

ވީމާ މިހާރު ހަދާފައިހުރި ޕޭމަންޓުތަކުގެ މަތިން ވެހިކަލްތައް ދުއްވުމުން ޕޭމަންޓަށާއި ޖަންކްޝަންތަކަށް ގެއްލުންވުމުގެ އިތުރުން ޕޭމަންޓްމަތިން ހިނގާ މީހުންގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމާއެކު މިގޮތަށް ދުއްވުމަކީ މަނާކަމެއް ކަމުގައި އަންގާ އިޢުލާން ކުރަމެވެ.

08 އޮގަސްޓް 2022