ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2022/75
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 31 އޮގަސްޓް 2022 00:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ބަދަލުކުރުމުގެ މުއްދަތު އިތުރުކުރުން

ތ.ވިލުފުށިން ބަނޑާރަގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެމީހަކަށް ލިބިފައިވާ ގޯތި، އެއްގޯއްޗާއި އަނެއް ގޯތި ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލައި މިއިދާރާއިން ކުރި އިޢުލާންގެ މުއްދަތު ހަމަވެފައިވީނަމަވެސް، ބައެއް ފަރާތްތަކުން ގޯތި ބަދަލުކުރުމަށް އެދި ހުށަހަޅަމުންދާތީ، އެފަދަ ފަރާތްތަކަށް ގޯތި ރަޖިސްޓްރީ ކުރުމާއި ހަމައަށް ފުރުޞަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ގޯތި ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކުން "ގޯތި ބަދަލުކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް އޭގައިވާ ލިޔުންތަކާއެކު، ހުށަހެޅުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

08 އޮގަސްޓް 2022