މަސައްކަތް
ނަންބަރު: (IUL)434-A/1/2014/57
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 1129
ސުންގަޑި: 19 އޮކްޓޫބަރު 2014 1400
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކުޑަކަމުދާތަކެތި ޓެސްޓް ކޮށްދިނުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 161 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދައި، އެ ސާމްޕަލް ދެބަޔަށް ބަހައި، ދެވަނަބައިގެ ޓެސްޓް އެ ޤާނޫނުގެ ދަށުން މިއެޖެންސީން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ އިދާރާއަކުން ހަދަންޖެހޭތީ، 3 އަހަރުދުވަހުގެ މުއްދަތަށް މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގާ ކުޑަކަމުދާތަކެތި 3 އަހަރަށް ޓެސްޓް ކޮށްދިނުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކުން ހިންގާ ލެބޯރެޓަރީތަކަށް ފުރުޞަތު ހުޅުވާލަން މިއެޖެންސީން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2014/55)ފ(29 ސެޕްޓެންބަރު 2014) އިޢުލާނަށް އެދެވިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން މި މަސައްކަތް 5 (ފަހެއް) އަހަރު މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

19 އޮކްޓޫބަރު 2014

އާދީއްތަ

14:00 (މެންދުރުފަހުގެ)

އަންދާސީހިސާބު ހުށަހެޅުއްވުން

26 އޮކްޓޫބަރު 2014

އާދީއްތަ

14:00 (މެންދުރުފަހުގެ)

19  ޛުލްޙިއްޖާ  1435

2014-10-13