ދިވެހިރާއްޖެ
މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، އޮފީސް ގޮނޑި އަދި މޭޒު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2022/17 (13 ފެބްރުއަރީ 2022) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބިޑު ކާމިޔާބުކުރި ފަރާތުން ސަޕްލައި ކޮށްދިނުމަށް ހުށަހަޅާފައިވާ ތަކެތި ސަޕްލައި ކޮށްދެވިފައި ނުވާތީ އަދި މަޢުލޫމާތު ކަރުދާހަށް ބަދަލުގެންނަން ބޭނުންވާތީ ނަންބަރު (IUL)14-PR/1/2022/17 (13 ފެބްރުއަރީ 2022) އިޢުލާން ބާތިލު ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.
ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށާއި އަދި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ ([email protected]) އީމެއިލްއަށް 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ.