| ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ. | 
| މަޤާމު | ސުޕަރވައިޒަރ  | 
| ޑިޕާޓްމަންޓް | މެއިންޓަނެންސް އެންޑް އިންޖިނިއަރިންގ ޑިޕާޓްމަންޓް -   ވެހިކަލް | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން | އޮފިސަރ | 
| މުސާރައާއި ޢިނާޔަތްތައް | މަހަކު -/ 12،000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް) | 
| ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން | ކުންފުނިން ކަނޑައަޅާ ތަނެއްގައި | 
| ބޭނުންވާ އަދަދު | 02   | 
| ޝަރުޠު | 
އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،ޖީ.ސީ.އީ އޯ ލެވެލް އިން މަދުވެގެން 03 މާއްދައިން ފާސް ވެފައިވުން، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.މައިކްރޯ ސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން.މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން. | 
| މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި މަސައްކަތް އިންޖީނިއަރުގެ ނުވަތަ މެނޭޖަރުގެ ލަފާގެ ދަށުން ރާވާ މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރުވާ ، ހިންގުން.ވޯކްޝޮޕް ސުޓާފުންގެ ޑިއުޓީ ހުންނަވާ އެންމެ އިސްއިންޖީނިއަރު ނުވަތަ މެނޭޖަރުގެ ގެ ލަފާގެ ދަށުން އެޅުމާ، މުވައްޒަފުންނަށް މަސައްކަތް ހަވާލު ކުރުން.ވެހިކަލް ތަކަށް ބޭނުންވާ ސަރވިސް ކަނޑަ އެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ދޭތޯ ގާތުން ސުޕަވައިޒް ކުރުން.ވެހިކަލް މަރާމާތު ރިޕޯޓް އަދި ލޮގްތައް ވަގުތައް ނިންމާ މުވައްޒަފުންގެ މައްސަލަތަށް ފާހަގަ ކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.ވެހިކަލް މަރާމާތު ކުރުމަށް ބޭނުންވާ އެންމެހާ ތަކެތި އިންޖިނިއަރ ނުވަތަ މެކޭނިކުގެ ލަފާގެ މަތިން ހޯދުން.     | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: | 
މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.އިންޓަރވިއު | 
| ހުށަހަޅަންޖެހޭ ތަކެތި:   | 
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރުލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ | 
| ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން: | 2022 އޯގަސްޓް 11 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. | 
| އިންޓަރވިއު: | - އިންޓަރވިއުއާއި އިމްތިޙާނުކުރުން އޮގަސްޓް/ސެޕްޓެމްބަރ މަސް ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ. | 
| 06 މުޙައްރަމް 1444 04 އޮގަސްޓް 2022 |