މަސައްކަތް
ނަންބަރު: (IUL)23-AP/1/2014/203
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 0831
ސުންގަޑި: 15 އޮކްޓޫބަރު 2014 1300
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އދ. ފެންފުށީ ހެލްތު ސެންޓަރުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ އދ. ފެންފުށީ ރަށު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ އދ. ފެންފުށީ ރަށު ކައުންސިލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

15 ޛުލްޙިއްޖާ 1435

2014-10-09