މަސައްކަތް
ނަންބަރު: (IUL)138-AS6/1/2014/174
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 0830
ސުންގަޑި: 15 އޮކްޓޫބަރު 2014 1000
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފިންގަރ ޕްރިންޓް ޑޯރލޮކް ހަރުކުރުމަށް

މިމިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި ވެށިފަހި އިމާރާތުގެ ދޮރުގައި ފިންގަރ ޕްރިންޓް ޑޯރލޮކް ހަރުކުރުމާބެހޭ:

މިމިނިސްޓްރީގެ ޑިޕާޓްމަންޓްތަކުގައި ޑޯރލޮކް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް 25 އޮގަސްޓު 2014 ވަނަ ދުވަހު ކުރި ނަންބަރު IUL)138-AS6/1/2014/150) އިޢުލާން، މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ޛުލްޙިއްޖާ 1435

2014-10-09