ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި މަދަރުސާގެ ކޮމްޕިއުޓަރ ލެބްގެ ކަރަންޓް ވިއުގަ ތަރައްޤީކުރަން ބޭނުންވެގެން މި މަދަރުސާއިން ކުރި ނަންބަރު:(GS-30/IUL/2014/15 (01-10-2014) ގެ އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާންވެސް ބާޠިލުކޮށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 އައިޓަމް/ތަފުސީލު  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރެއްވުން  | 
 23-10-2014  | 
 ބުރާސްފަތި  | 
 10:30  | 
 ގދ.އަތޮޅު މަދަރުސާގެ އިދާރާ  | 
| 
 އަންދާސީހިސާބު ހުށަހެޅުއްވުން  | 
 30-10-2014  | 
 ބުރާސްފަތި  | 
 10:30  | 
 ގދ.އަތޮޅު މަދަރުސާގެ އިދާރާ  | 
18 ޛުލްޙިއްޖާ 1435