ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2022/371
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 10 އޮގަސްޓް 2022 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ - މިނިސްޓްރީ އޮފް ހެލްތު

 

އިޢުލާން

މިނިސްޓްރީގެ ނަންބަރު (IUL)23-HRD(LR)/23/2022/328 އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ އަލުން މިމަގާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމުގެ ނަންބަރު

J-338131

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

ހެލްތު ސްޓެޓިސްޓިކްސް އެންޑް ޕަބްލިކޭޝަންސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
 3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ބަޔޯއިންފޯމެޓިކްސް،  ބަޔޯ ސްޓެޓިސްޓިކްސް، ޑާޓާ ސައިންސް، ހެލްތު އިކޮނޮމިކްސް، ހެލްތު ފައިނޭންސް، ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް، ހެލްތް ރިސަރޗް، ހެލްތް ސަރވިސް މެނޭޖްމަންޓް، ހެލްތު ސްޓެޓިސްޓިކްސް، ސްޓެޓިސްޓިކްސް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. ޑިވިޜަން އަދި ސެކްޝަނުގެ މެންޑޭޓްގައި ހިމެނޭ ކަންކަން ހާސިލްކުރެވޭނެ ގޮތަށް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ސެކްޝަންގެ ވޯކްޕްލޭން އަދި ޓައިމްލައިން އެކުލަވާލުމުގެ މަސައްކަތާއި، އަހަރުގެ ޓާގެޓްތައް ކަނޑައެޅުމުގެ މަސައްކަތައްކުރުން. އަދި މަސައްކަތްތައް ނިންމުމަށް ދިމާވާ ދަތިތައް ފާހަގަކޮށް، ސުޕަވައިޒަރާއި މަޝްވަރާކުރުމަށް ފަހު، މައްސަލަތައް ހައްލުކުރުން.
 2. ކޮންމެ އަހަރެއްގެ ބަޖެޓް ޕްލޭންގައި ސެކްޝަންގެ ވޯރކްޕްލޭން އާއި ޓާގެޓްތައް ހާސިލްކުރުމަށްޓަކައި ބޭނުންވާ ކަންތައްތައް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
 3. މިނިސްޓްރީގެ ޞިއްޙީ ޚިދުމަތްތަކާގުޅޭ ޖެންޑަރ ޑިސްއެގްރެގޭޓެޑް (ޖިންސްވަކިކޮށް އެނގޭގޮތަށް) ތަފާސް ހިސާބު ރިޕޯރޓްތައް ލިބޭނުލިބޭގޮތް މޮނިޓަރކުރުން.
 4. ޞިއްހީ ޚިދުމަތްދޭ ތަންތަނުން މަހުން މަހަށް އެއްކުރެވޭ ތަފާސްހިސާބުތަކުގެ ކޮލިޓީ ޗެކް ކުރުމާއި މުވައްޒަފުންގެ މަސައްކަތް ސްޕަވަޒަރަށް ފީޑްބެކް ދިނުން.
 5. މިނިސްޓްރީގެ ޑިޕާޓްމަންޓް/ޑިވިޜަން އަދި އެހެނިހެން އިދާރާތަކުން އަންނަ ތަފާސް ހިސާބުގެ ރިކުއެސްޓްތައް މުވައްޒަފުންނާއި ހަވާލުކޮށް ނިންމާތޯ ބަލައި، ކަނޑައެޅިފައި ވާމުއްދަތުގައި މަސައްކަތް ފުރިހަމަކުރުން.
 6. ރާއްޖޭގައި އެއްކުރެވޭ ސިއްހީ މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއްޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
 7. ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި އެއްކުރެވޭ ތަފާސް ހިސާބުގެ މައުލޫމާތު އެއްކުރެވޭ ތަފާސްހިސާބު ނިޒާމް ހަރުދަނާ ކުރުން.
 8. ރާއްޖޭގެ ޞިއްޙީ ހާލަތު އޮތްގޮތް ހާމަކޮށްދިނުމަށް ނެރޭ ޞިއްޙީދާއިރާއާއިގުޅޭ ތަފާސްހިސާބު އެކުލެވޭ ފޮތެއްކަމުގައިވާ ހެލްތު ސްޓްޓިސްޓިކްސް ޝާޢިއު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
 9. އެއްކުރެވޭ ތަފާސްހިސާބުތައް ބޭނުންކޮށްގެން ރާއްޖޭގެ ޞިއްޙީ ހާލަތު ދައްކުވައިދޭ ކުރުރިޕޯޓް/ޕްރޮފައިލް/އިންފޮގްރަފިކްސް ތައްޔާރު ކުރުމުގެ މަސައްކަތްކުރުން.
 10. ޞިއްޙީ ދާއިރާގެ ތަފާސްހިސާބުގެ ކޮލިޓީ ކޮންޓްރޯލްކޮށް، ކޮލިޓީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
 11. ސިއްހީ ދާއިރާގެ މޯޓަލިޓީ އަދި މޯބިޑިޓީގެ ކޯޑިންގެ މަސައްކަތައް މުވައްޒަފުނަށް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
 12. ނެޝަނަލް ހެލްތު އިންފޮރމޭޝަން ސިސްޓަމްގެ ތެރެއިން އެއްކުރެވޭ މައުލޫމާތުތައް ބޭނުންކޮށްގެން ޖެނެރޭޓްކުރެވޭނެ ތަފާސްހިސާބުތަކާއި އިންޑިކޭޓަރސްތަކުގެ (ކޯ އިންޑިކޭޓަރސްތައް: ނިއުމެރޭޓަރ އަދި ޑިނޯމިނޭޓަރ އެނގޭނެގޮތަށް) ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތާއި، މި ޑޭޓާ ބެލެހެއްޓުމަށް ކުރާ މަސައްކަތްތައްކުރުން.
 13. ޑިވިޜަން އަދި ސެކްޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން މުވައްޒަފުންނަށް ހަވާލު ކުރެވޭ  އެހެނިހެން އޮފީސް މަސައްކަތްކުރުން.
 14. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

 1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

 

2.މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

 • ބަޔޯއިންފޯމެޓިކްސް
 • ބަޔޯ ސްޓެޓިސްޓިކްސް
 • ޑާޓާ ސައިންސް
 • ހެލްތު އިކޮނޮމިކްސް
 • ހެލްތު ފައިނޭންސް
 • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
 • ހެލްތް ރިސަރޗް
 • ހެލްތު ސައިންސް
 • ހެލްތް ސަރވިސް މެނޭޖްމަންޓް
 • ހެލްތު ސްޓެޓިސްޓިކްސް
 • ސްޓެޓިސްޓިކްސް

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިން:

 • ބަޔޯއިންފޯމެޓިކްސް
 • ބަޔޯ ސްޓެޓިސްޓިކްސް
 • ޑާޓާ ސައިންސް
 • ހެލްތު އިކޮނޮމިކްސް
 • ހެލްތު ފައިނޭންސް
 • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
 • ހެލްތް ރިސަރޗް
 • ހެލްތް ސަރވިސް މެނޭޖްމަންޓް
 • ހެލްތު ސްޓެޓިސްޓިކްސް
 • ސްޓެޓިސްޓިކްސް

ގުޅޭ ވަޒީފާގެ ދާއިރާ

 • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ   އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 10އޮގަސްޓް 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު        (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ،2022 އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު، ޕްރެޒެންޓޭޝަން،އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

                                             

                            

 

                                                       

 

 

 

                                                      

 

03 އޮގަސްޓް 2022