ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2022-302
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި:
09 އޮގަސްޓް 2022 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
ހިއުމަން ރިސޯސް އޮފިސަރ
|
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
ހ.ޒޮނޭރިއަރ ބިލްޑިންގް، 03 ވަނަ ފަންގިފިލާ
|
އަދަދު
|
01
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)
|
މުސާރައާއި ޢިނާޔަތްތައް
(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)
|
- 13،000ރ
- އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
- ސްޓާފް މެޑިކަލް އިންޝުއަރެންސް
- ޕެންޝަން ސްކީމް
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު
|
ޝަރުޠު
|
- ބެޗެލާސް އިން ހިއުމަން ރިސޯސް މެނޭޖްމެންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު، އޮފިސަރ ރޭންކްގައި ހިއުމަން ރިސޯސް ދާއިރާއިން މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2022 އޮގަސްޓް 9 ވަނަ ދުވަހުގެ 00:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 2022 އޮގަސްޓް 10 ން 2022 އޮގަސްޓް 25 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވެބްސައިޓް:
|
https://mtcc.mv/careers/
|
ފޯން:
|
1650
|
ނޯޓް:
|
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކާއިއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
|
03 އޮގަސްޓް 2022