ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-CMCR/468/2022/207
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 17 އޮގަސްޓް 2022 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރު ބޭނުންކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމާ ބެހޭ

ފުވައްމުލަކު ބަނދަރުން ދޭ ހިދުމަތްތައް ދިނުމުގައި ބަނދަރުން ޖާގަ ހަމަޖައްސައި ދިނުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިޔަށް ގެންދިއުމުގެ ގޮތުން ބަނދަރު ތެރޭގައި ތިބޭ އުޅަނދުތައް ކައުންސިލްގައި ރަޖިސްޓްރީ ކުރާގޮތަށް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ފުވައްމުލަކު ބަނދަރު ބޭނުންކުރާ އުޅަނދުތައް ރަޖިސްޓްރީވުމަށްޓަކައި  ފުވައްމުލަކު ބަނދަރުގައި އުޅަނދު ރަޖިސްޓްރީކުރުމަށް އެދޭ ފޯމް  17އޮގަސްޓް 2022 ވަނަ ދުވަހުގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލަށް ހުށަހެޅުއްވުމަށް އެދެމެވެ. މިގޮތުން ރަޖިސްޓްރީ ކުރާ ކޮންމެ އުޅަނދަކަށް ފުވައްމުލަކު ބަނދަރުގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ކައުންސިލުން ދޫކުރާނެއެވެ. އަދި އިސްވެ ދެންނެވުނުގޮތަށް ރަޖިސްޓްރީނުކޮށް ބަނދަރުގައި އުޅަނދުތައް އަޅާފައި ނުބޭއްވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އުޅަނދު ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ފުވައްމުލަކު ސިޓީ ކައުންސިލުން ލިބެން ހުންނާނެއެވެ. 

20 ޖުލައި 2022