ދިވެހިރާއްޖެ
|
އިޢުލާނު
|
|||||||||||||||||||
|
މަޤާމު: |
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް |
||||||||||||||||||
|
މަޤާމުގެ ނަންބަރު: |
J-364701 |
||||||||||||||||||
|
ބޭނުންވާ އަދަދު: |
1 |
||||||||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް އެޑިޔުކޭޝަން |
||||||||||||||||||
|
މަޤާމުގެ ރޭންކާއި، ޕަބްލިކް ސަރވިސް ރޭންކާއި، ޝަރުޠާއި، އަސާސީ މުސާރައާއި، މަޤާމުގެ އެލަވަންސްތަކާއި، ހާޒިރީ އިނާޔަތް: |
|
||||||||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|||||||||||||||||||
|
1- ދިރާސީ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކުން، ތަފާތު ސަބަބުތަކާހުރެ ދިގުމުއްދަތަކަށް ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ މަޢުލޫމާތު އެއްކޮށް، އެ ދަރިވަރުންގެ ބެލެނިވެރިންނަށާއި ސްކޫލުތަކަށް ގުޅައިގެން، އެޓެންޑަންސް ޕޮލިސީގައިވާ ގޮތުގެ މަތިން ދަރިވަރުން އަލުން އަނބުރާ ސްކޫލަށް ގެނައުމަށް އިންޓަރވެންޝަން ހިންގުން. 2- ދިރާސީ އަހަރުގެ ތެރޭގައި އެއްގޮތަކަށްވެސް ސްކޫލަށް ނުދާ ދަރިވަރުންނާއި ސްކޫލަށް ދިޔުން ހުއްޓާލާފައިވާ ދަރިވަރުންގެ މައުލޫމާތު އެއްކޮށް، އެފަދަ ކުދިންގެ ކޭސްތައް ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ހިއްސާކޮށް، އެދަރިވަރުން ސްކޫލަށް ދާކަން ކަށަވަރުކުރުން. 3- ދަރިވަރުން ސްކޫލަށްނުދާ ސަބަބުތައް ދެނެގަނެ ދަރިވަރުންގެ 'ޑްރޮޕްއައުޓް' މިންވަރު މަދުކުރުމަށް ޕްރޮގުރާމުތައް ރާވައި ހިންގުމާއި، އެކިސަބަބުތަކާ ހެދި ސްކޫލަށްނުދާ ކުދިންގެ ތަފާސް ހިސާބު ބެލެހެއްޓުމާއި ކޭސް ލޮގް ގައި ހިމެނޭ ބައިތައް އަދާހަމަކޮށް ކޭސް ނޯޓްސް ތައް ފުރިހަމަ ކުރުން. 4- ދަރިވަރުން ސްކޫލަށްދިއުން ހުއްޓަލައިގެން ނުވަތަ ދިގު މުއްދަތަކަށް ސްކޫލަށް ނުދާކުދިން، އަނބުރާ ސްކޫލު މާހައުލަށް އަހުލުވެރިކޮށް އެކުދިންނަށް އުނގެނުމުގައި ގެއްލިފައިވާބައި ހޯދައިދިނުމަށް ކުރަންޖެހޭ ކަންތައްތައް ސްކޫލުމެދުވެރިކޮށް ކުރުމާއި މިމަސައްކަތްތައް މޮނިޓަރކުރުން. 5- ތަފާތު ސަބަބުތަކާހުރެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާ ކުދިން ދެނެގަނެ އެ މަޢުލޫމާތުތައް ބަލަހައްޓާ މޮނިޓަރކުރުމާއި އެއްގޮތަކަށްވެސް ސްކޫލަށް އެންރޯލް ނުކުރާ ދަރިވަރުން ސްކޫލަށް އެންރޯލްކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި އެންރޯލުކުރެވޭ މިފަދަ ކުދިން ސްކޫލަށް ދާކަން ކަށަވަރު ކުރުން. 6- ތަފާތު ސަބަބުތަކާހުރެ އެއްގްރޭޑުގައި ރިޕީޓް ކުރަން ބޭނުންވާ ދަރިވަރުންގެ ސަބަބު ދެނެގަނެ، އެ ދަރިވަރުން ރިޕީޓް ކުރުމާމެދު ޑިވިޜަންގެ ވެރިންގެ މަޝްވަރާއާއެކު ގޮތެއް ނިންމާ، މިނިސްޓްރީގެ ކަމާ ގުޅުންހުރި ޑިވިޜަންތަކަށް އެންގުން. 7- ސްކޫލަށްދާ އުމުރުފުރާގެ ހުރިހާ ކުދިން 4 އަހަރުން ފެށިގެން ސްކޫލަށް ދާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
|
|||||||||||||||||||
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް: |
ޗޭންޖިންގ އެޑިއުކޭޝަން، ކަރްރިއުލަމް އެންޑް އިންސްޓްރަކްޝަން، ކަރްރިއުލަމް އެންޑް އިންސްޓްރަކްޝަނަލް ޓެކްނޮލޮޖީ، ކަރްކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން، ކަރްކިއުލަމް ސްޓަޑީޒް، އެޑިއުކޭޝަން މެނޭޖްމަންޓް، އެޑިއުކޭޝަން ޕޮލިސީ، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން، އެޑިއުކޭޝަނަލް އެންޓަރޕްރެނިއަރޝިޕް، އެޑިއުކޭޝަނަލް ލީޑާޝިޕް، އެޑިއުކޭޝަނަލް ސައިކޮލޮޖީ، އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން، އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، އިންކްލޫސިވް އެޑިއުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން، ލީޑަރޝިޕް އިން އެޑިއުކޭޝަން، ސްކޫލް އެޑްމިނިސްޓްރޭޝަން، ސްކޫލް ލީޑަރޝިޕް، ސްކޫލް މެނޭޖްމަންޓް، ސްޕެޝަލް އެޑިޔުކޭޝަން، ޓީޗަރ ލީޑަރޝިޕް، ޓީޗިންގ |
||||||||||||||||||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
|||||||||||||||||||
|
ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ: |
ޕްރީ ސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކެންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކެންޑަރީ ސްކޫލެއްގައި ކިޔަވައި ދިނުން. |
||||||||||||||||||
|
މަސައްކަތު ތަޖުރިބާ: |
ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ނުވަތަ މަތީ ތަޢުލީމާގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް. |
||||||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ. shorturl.at/fhjA1
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||||||||||
|
އެސެސްމަންޓް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 2022 އޮގަސްޓް 08 އާއި 2022 އޮގަސްޓް 22 އާ ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިމްތިޙާނު އަދި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ. |
||||||||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341448 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ. |
|||||||||||||||||||