ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/159
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 25 ޖުލައި 2022 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ސޭލްސް ސެންޓަރ

ބޭނުންވާ ޢަދަދު:

02

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/5940ރ އާއި -/13000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

 ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 02 މާއްދާއިން ފާސް ލިބިފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާ އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

  • ދުވާލަކު 8 ގަޑިއިރު ޝިފްޓް ޑިއުޓީއެއް ކުރުމާއި ހަފްތާއަކު 6 ދުވަހު މަސައްކަތްކުރުން.
  • ކުންފުނީގެ ސޭލްސް ސެންޓަރުގެ ކޭޝް ކައުންޓަރުން ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ހިސާބު ބެލެހެއްޓުމާއި އިދާރީ މަސައްކަތްކުރުން.
  • ސޭލްސް ސެންޓަރުން ވިއްކާ މުދަލުގެ މަޢުލޫމާތު ކަސްޓަމަރުންނަށް ދިނުން.
  • ސޭލްސް ސެންޓަރަށް ބޭނުންވާ މުދާ ސްޓޯރުން ގެނައުމަށް ތައްޔާރުކުރަންޖެހޭ ތަފާތު ލިޔެކިޔުންތައް ތައްޔާރުކުރުން
  • ސޭލްސް ސެންޓަރުން ތައްޔާރުކުރަންޖެހޭ ކޯޓޭޝަން، އިންވޮއިސް އަދި ޑެލިވަރީ ފޯމް ތައްޔާރުކުރުން
  • ސޭލްސް ސެންޓަރުން ވިއްކާ މުދަލާއި ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން
  • އަދި ހިންގަވަން ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން މަޤާމާއި ގުޅުންހުރި މަސައްކަތް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

25 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 25 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

              21 ޛުލްހިއްޖާ 1443

              20 ޖުލައި 2022

20 ޖުލައި 2022