|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް ސްޕަވައިޒަރ
|
|
ވަޒީފާގެ ދާއިރާ:
|
ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
02
|
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
-/9،020ރ އާއި -/17,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުން.
ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 02 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއި އެކު ކޯލް ސެންޓަރެއްގައި މަދުވެގެން 02 އަހަރު ދުވަހު މަސައްކަތްކޮށް ކޯލް ސެންޓަރ ސްޕަވައިޒަރގެ ޒިންމާ އަދާކޮށް ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކަސްޓަމަރ ސަރވިސަސް އެޖެންޓުންގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ދުވަހީ މަސައްކަތް (ޝިފްޓް ޑިއުޓީތައް) އިސްކޮށްހުރެ ބެލެހެއްޓުން.
- ކީ ޕާރފޯމަންސް އިންޑިކޭޓަރސް (ކޭޕީއައި) އަދި ޕާރފޯމަންސް މެނޭޖްމަންޓް (ޕީއެމް) ފަދަ އުކުޅުތައް ބޭނުންކޮށްގެން މުވައްޒަފުންގެ މަސައްކަތުގެ މާހައުލަށް ޝައުގުވެރިކުރުވުން.
- ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް އެހީތެރިވުމާއި، ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވެ އެހެން މުވައްޒަފުންނަށް އެހީތެރިވުން.
- ކަސްޓަމަރ ސަރވިސަސް އެޖެންޓުންގެ މަސައްކަތް މޮނިޓަރކޮށް ރަނގަޅު ލަފާ ދިނުމާއި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުން.
- ކަސްޓަމަރުންނަށް ލަފާ ދިނުމަށްޓަކައި އެ މީހުނާއި މުއާމަލާތް ކުރުމުގައި އެ މީހުންގެ މައްސަލަތަކަށް ރިޢާޔަތްކޮށް ހައްލުހޯދާދިނުން.
- ކޮންޓެކްޓް ސެންޓަރ ހިނގާ ނުހިނގާ ގޮތް ދިރާސާކުރުމަށްޓަކައި ޑޭޓާ ނެގުމާއި، ތަފާސްހިސާބުތައް ތައްޔާރުކޮށް ރިވިއުކުރުމަށް އެހީތެރިވުން.
- މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައް ހަމަޖެއްސުމަށް އެހީތެރިވެ ދިނުމާއި، މަސައްކަތުގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތް ކުރުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
19 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 19 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
08 ޛުލްހިއްޖާ 1443
07 ޖުލައި 2022
|