ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)322/322/2022/64
                    ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2022
                    ޕަބްލިޝްކުރި ގަޑި:  10:46
                                            ސުންގަޑި: 
                            25 ޖުލައި 2022 09:00
                        
                    
                މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
                                މިއިދާރާއިން 14 ޖޫން 2022 ގެ ޢިޢުލާން ނަންބަރ (IUL)322-M/322/2022/53 އިން މިރަށު ހާޖީހިޔާ މަރާމާތު ކުރަން ބޭނުންވާތީ ހުޅުވާލި ފުރުޞަތުގައި އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވަނީ، އެކަށީގެންވާ އަގަށްވުރެއް ބޮޑުއަގެއްކަމަށް ފެންނާތީ ހަޖީހިޔާ މަރާމާތު ކުރުމަށް ޝައުޤުވެރިވާފަރާތްތަކަށް ބީލަމަށް އަލުން ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 18 ޖުލައި 2022 ން 20 ޖުލައި 2022 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށް މަޢުލޫމާތު ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
 - މިބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 09:00 ގައި މިއިދާރާގައެވެ.
 - އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ ހެދުނު 09:00 ގައި މިއިދާރާގައެވެ.
 - މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
 - އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
 
7 ޛުލްޙިއްޖާ 1443
                06 ޖުލައި 2022