ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/154
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 16:54
ސުންގަޑި: 17 ޖުލައި 2022 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

02

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/8،000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

 ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާ އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކަސްޓަމަރ ސަރވިސަސް ކައުންޓަރަށް އަންނަ ފަރާތްތަކުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، ހުށަހަޅާ ކަންތައްތައް ޤަވާއިދުން ކުރިއަށް ގެންދިއުން.
  • އެކިއެކި ޚިދުމަތަށް އެދި ހުށަހަޅާ ފޯމުދޫކުރުމާއި ހަމަޖެހިފައިވާ އުސޫލުން ބަލައިގަނެ ކުރިއަށް ގެންދިއުން.
  • އޮންލައިންކޮށް ހުށަހަޅާ ފޯމުތައް ހަމަޖެހިފައިވާ އުސޫލުން ބަލައިގަނެ ކުރިއަށްގެންދިއުން
  • ބިލުގެ މުއްދަތު އިތުރުކޮއްދޭ ފަރާތްތަކުގެ އެގްރިމެންޓް ހަދާދިނުމާއި އެމައުލޫމާތު ބިލިންގ ޕްރޮގްރާމަށް އެންޓަރކުރުން.
  • ފައިސާދައްކާފައިވާ ފޯމުތައް ޗެކުކޮށް އަޕްޑޭޓްކުރުން.
  • ކައުންޓަރުގައި ކޮންމެ ދުވަހަކު ކުރެވުނު މަސައްކަތުގެ ރިޕޯޓް ތައްޔާރުކޮށް ޑިޕާރޓްމަންޓްގެ ވެރިންނަށް ފޮނުވުން.
  • ޚިދުމަތާބެހޭ ގޮތުން ކަސްޓަމަރުންގެ ޚިޔާލާއި، މައްސަލަ ބަލައިގަނެ ކަމާބެހޭ ފަރާތްތަކަށް    ރިޕޯޓްކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

17 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 17 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

06 ޛުލްހިއްޖާ 1443

05  ޖުލައި   2022

05 ޖުލައި 2022