ދިވެހިރާއްޖެ
(IUL)38-CA/38/2022/183 :ނަންބަރު
އިޢުލާން
|
ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ގުޅޭ: |
|
|
އިލެކްޝަންސް ކޮމިޝަނުން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ބާއްވާ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންގެ ޕޫލްއެއް އެކުލަވާލުމަށްޓަކައި، އޮފިޝަލުން ހޯދުމަށް އިޢުލާނު ކުރަމެވެ. |
|
|
ޝަރުޠު: |
|
|
· ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން. · އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން. އަދި ސިޔާސީ ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު ކަމުގައިނުވުން. · އިޢުލާނުކުރެވޭ އިންތިޚާބެއްގައި އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން. · ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން. · އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން. · މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން. · ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން. |
|
|
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
|
|
1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ 2. އެޓެސްޓް ކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ 3. ނެގިފަހުން 03 މަސް ނުވާ ޕާސްޕޯޓް ސައިޒުގެ 01 ގަނޑު ފޮޓޯ 4. ވަނަވަރު |
|
|
އުޖޫރަ: |
|
|
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ |
-/1800ރ (އަށާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. |
|
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ |
-/1600ރ (ސޯޅަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. |
|
އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް |
-/1500ރ (ފަނަރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. |
|
އޮފިޝަލަކަށްވުމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
|
އޮފިޝަލަކަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކުންމިކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު: https://forms.gle/b7RjapLzeQheAuPq7މެދުވެރިކޮށް 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިންފޯމް ހުށަހެޅުއްވުން އެދެމެވެ. |
|
|
އިތުރު މަޢުލޫމާތު: |
|
|
· އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެއެވެ. · މި މަސައްކަތަށް ކުރިމަތިލާ މީހުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. · މި ޕޫލްގައި މަސައްކަތް ކުރާ އޮފިޝަލުން މަސައްކަތް ކުރަންޖެހޭނީ މާލެ ނުވަތަ ކޮމިޝަނުން ހަމަޖައްސާ ރަށެއްގައެވެ. · މި ޕޫލްގައި ހިމެނޭ ފަރާތްތަކުގެ ތަރުތީބުން މިއަހަރު ބާއްވާ ބައި-އިލެކްޝަންތަކުގައި ފުރުސަތު ދެމުން ގެންދާނެއެވެ. · ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޕޫލްގައި ހިމެނޭ މީހަކަށް އެ އިންތިޚާބެއްގެ އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެއެވެ.
|
|