ޢާންމު މަޢުލޫމާތު
ނަންބަރު: TCL/IUL/14/1017
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 13 އޮކްޓޫބަރު 2014 00:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ. ތިލަފުށީގެ މައިމަގުތައް މަރާމާތުކޮށް ފަސް އެއްވަރުކުރުމުގެ މަސައްކަތާގުޅޭ

މިކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ. ތިލަފުށީގެ މައިމަގުތަށް މަރާމާތުކޮށް ފަސް އެއްވަރުކުރުމުގެ މަސައްކަތްކުރުމުގެ މަސައްކަތެއް ހަމަޖެހިފައިވާތީވެ، މިވަގުތު ތިލަފުށީގެ މަގުތަކުގައި ވަޅުލެވިފައިވާ ކަރަންޓު ކޭބަލް، ފޯނު ކޭބަލް އަދި ފެން ދައުރުކުރާ ހޮޅި ގެންގުޅުއްވާ ފަރާތްތަކުގެ މިފަދަ މުދަލަށް މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި ލިބިދާނެ ގެއްލުމަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެތަކެތި ވަޅުލެވިފައިވާތަން މިކުންފުންޏަށް އެނގިފައިވުން މުހިންމުވާތީ މިމައުލޫމާތު އެނގޭނެ ގޮތުގެ ކުރެހުން ނުވަތަ ލިޔުން 13 އޮކްޓޫބަރު 2014 ތާރީޚުގެ ކުރިން މިކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާރޓްމަންޓަށް ސިޓީއާއެކު ހުށަހަޅުއްވައިދެއްވުން އެދި އާންމުކޮށް އިއުލާން ކުރަމެވެ. އަދި މިދެންނެވުނު މައުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ދެންނެވުނުފަދަ މުދަލަށް މަގުހެދުމުގައި ލިބިދާނެ ގެއްލުމަކަށް މިކުންފުނިން ޒިންމާނުވާނެ ކަމުގައިވެސް އާންމުކޮށް އަންގައި އިއުލާންކުރަމެވެ

29 ޛުލްޤަޢިދާ 1435 

24 ސެޕްޓެންބަރު 2014