| މަޤާމް: | ސޮފްޓްވެއަރ ޑިވެލޮޕަރ | 
| ބޭނުންވާ އަދަދު: | 01 | 
| މަޤާމުގެ ޤިންތި:  | ދާއިމީ | 
| ރޭންކް: | އައި.ޓީ 4 | 
| ކްލެސިފިކޭޝަން: | މެނޭޖީރިއަލް ޕްރޮފެޝަނަލް ސިވިލް އޮފިސަރސް | 
| މުސާރަ: | މަހަކު -/11,190 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު  -/3,500 ރުފޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު  5,035.50 ރުފިޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން:      | ހެޑް އޮފީސް | 
| ފެންވަރު ނުވަތަ ޝަރުތު:                          | މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕަމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަމަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕަމަންޓް ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަމަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕަމަންޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.ވޭތުވެދިޔަ 02 އަހަރު ދުވަހު މަޤާމާއި ގުޅޭ މަސައްކަތާ ދުރުގައި އުޅެފައިވާ މީހެއްކަމުގައި ނުވުން.މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން.ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.   | 
| މަޤާމުގެ މަސްޢޫލިއްޔަތު:   | 
ސޮފްޓްވެއަރ އަށް ބޭނުންވާނެ ބައިތައް ތައްޔާރު ކުރުމާއި ތަރައްޤީ ކުރުމާއި އިމްޕްލެމެންޓް ކުރުން.މި ސަރވިސްއަށް ބޭނުންވާ އޭ.ޕީ.އައި އަދި އެހެނިހެން ޚިދުމަތްތަށް ތަރައްޤީ ކުރުން.މި ސަރވިސްގެ މައި ވެބްސައިޓާއި އެހެނިހެން އޮންލައިން ސަރވިސް އަށް ދިމާވާ މައްސަލަތައް ހައްލު ކުރުމާއި ބެލެހެއްޓުންމި ސަރވިސްގެ ޑޭޓާބޭސް މެއިންޓެއިންކޮށް ބެލެހެއްޓުމާއި ޑޭޓާބޭސް ތަރައްޤީކުރުމުގެ މަސައްކަތްކުރުން. | 
| މަޤާމާއި ގުޅޭ ދާއިރާ: | -  ސޮފްޓްވެއަރ އިންޖިނިއަރިންގ -  ކޮމްޕިއުޓަރ ސައިންސް -  އިންފޮމޭޝަން ޓެކްނޮލޮޖީ | 
| މަޤާމުގެ ތަޢުލީމީ ރޮނގުތައް: | -  ސޮފްޓްވެއަރ އިންޖިނިއަރިންގ -  ކޮމްޕިއުޓަރ ސައިންސް -  އިންފޮމޭޝަން ޓެކްނޮލޮޖީ | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: | 
ދާއިރާއާއި ގުޅޭ ތައުލީމް ޝަރުތު %40ދާއިރާއިން ލިބިފައިވާ މަސައްކަތު ތަޖުރިބާ  އެސެސްމަންޓް / ޕްރެޒެންޓޭޝަން މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން %35 | 
| ހުށަހަޅަންޖެހޭ ލިޔުންތައް:  | (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.) 
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއްއިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީޕޮލިސް ރިޕޯޓް | 
| ސުންގަޑި:   | މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން  ވަޒީފާއަށް  އެދޭ ފޯމާއި ވަނަވަރު  އަދި  ލިޔެކިޔުންތަކާ އެކު  07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހު 16:00ގެ ނިޔަލަށް | 
|   [email protected] ނުވަތަ [email protected]   އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 ޖުލައި 17 ން 21 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ. | 
| އިތުރު މަޢުލޫމާތު | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.) |