ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2022/94
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 18 ޖުލައި 2022 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

      ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2022/94

ތާރީޚް: 28 ޖޫން 2022

މަޤާމު

ޑިރެކްޓަރ

ރޭންކް: އީ.އެކްސް 1

ޢަދަދު

01

ސެކްޝަން: ހިއުމަން ރިސޯސަސް

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/8,835 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/4,417.50 ރުފިޔާ (އަސާސީ މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
  • ލިވިންގ އެލަވަންސް:  -/3,000 ރުފިޔާ
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުޢީ ދާއިރާގެ ހުރިހާ އިދާރީ މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން
  • ޝަރުޢީ ދާއިރާގެ މަޤްޞަދުތަކާއި، ސްޓްރެޓަޖީތައް ހާސިލްކުރުމަށް ޝަރުއީ ދާއިރާގެ ހިއުމަން ރިސޯސް މަސައްކަތްތައް ހަލުވިކަމާއެކީ ނަތީޖާ ލިބޭފަދަ ގޮތެއްގައި ރާވާ ބެލެހެއްޓުން.
  • ޝަރުޢީ ދާއިރާގެ ހިއުމަން ރިސޯސަސް ބިނާ ކުރުމަށް ހަރުދަނާ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުން. އަދި ކޯޓުތަކުން އަމަލުކުރަމުންދަނީ އުސޫލުތަކާ އެއްގޮތައްކަން ކަށަވަރުކޮށް މޮނިޓަރކުރުން.
  • ޝަރުޢީދާއިރާގެ ވަޒީފާތަކަށް މީހުން ރެކްރޫޓްކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.  
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ، ވަޒީފާއާއިބެހޭ ޤާނޫނާ ޚިލާފުވާ މުވައްޒަފުންނަށް ޤަވާޢިދުގެ ތެރެއިން އަޅަންޖެހޭ އިސްލާޙީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން.
  • ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ މަޝްވަރާއާއެކު އެކޯޓުތަކުގެ މަސައްކަތްތައް ވަޒަންކޮށް ކޮންމެ ކޯޓެއްގެ އޮނިގަނޑު އެކުލަވާލުމާއި ރިވިއު ކުރުމުގެ މަސައްކަތްކޮށް އެކަމަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި ޝަރުޢީދާއިރާގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑާއި، ޓެކްނިކަލް އޮނިގަނޑުތައް ދިރާސާކޮށް، ޤަވާޢިދުން މުރާޖަޢާކޮށް ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންނާ ގުޅޭގޮތުން ހެދޭ އެކި އެކި އުޞޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމާއި، އަދި އެފަދަ އުޞޫލުތައް ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން. އަދި އެކުލަވާލެވޭ އުޞޫލުކަތަށް މުވައްޒަފުން އަހުލުވެރިކުރުވުން
  • ޝަރުޢީދާއިރާގެ ވަޒީފާތަކުން ރިޓަޔަރކުރެވޭ ފަރާތްތަކާ، ރިޑަންޑަންޓް ކުރެވޭ ފަރާތްތަކަށް ޢިނާޔަތްތަށް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް ގެންނަންޖެހޭ އިސްލާޙްތައް ދިރާސާކޮށް، އިސްލާޙްތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. އަދި މުވައްޒަފުންގެ ޤަވާޢިދަށް ގެނެވޭ ބަދަލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޕޭރޯލް އާއި ގުޅޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • މެޖިސްޓްރޭޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ޗުއްޓީއާއި، ހާޟިރީއާއި ގުޅޭ ހުރިހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ސެކްޝަނުން ހުށަހަޅަންޖެހޭ މައްސަލަތައް ދިރާސާކޮށް އެ ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުންދީ ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުން.
  • ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްގެ އެންމެހާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ވަޒީފާއާ ގުޅިގެން ދޫކުރަންޖެހޭ އެކި ލިޔުންތައް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސާ މުވައްޒަފުންގެ ރިކޯޑްތައް ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލާ މުވައްޒަފުންގެ ޕަރސަނަލް ރެކޯޑް ތަކާއި ފައިލްތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ އަހަރީ ރިޕޯޓު އަދި އަހަރީ ވަރކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  • ޝަރުއީ ދާއިރާގެ އަހަރީ ހިއުމަން ރިސޯސް ޕްލޭނެއް އެކުލަވާލާ، އަހަރީ ޕްލޭންއާ އެއްގޮތަށް ހިއުމަން ރިސޯސަސްގެ މަސައްކަތްތައް ރާވާ މޮނިޓަރކުރުން.
  • ސްޓާފް އެންގޭޖްމަންޓް ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  • ކޯޓުތަކަށް އަށްޔަންކުރެވޭ ޗީފް އެޑްމިނިސްޓްރޭޓަރުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި، ކޯޓުތަކުގެ މުވައްޒަފުންނާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • މީގެއިތުރުންވެސް ވެރިއަކު ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމަށް ބޭނުންވާ ޚާއްޞަ ހުނަރުތައް

  • މަސައްކަތް ރާވާ ތަންފިޒުކުރުމުގެ ޤާބިލިއްޔަތުކަމާއި، މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުމުގެ ޤާބިލިއްޔަތުކަން ހުރުން
  • ދާއިރާއާ ގުޅުންހުރި ތަޖުރިބާލިބިފައިވުން، އަދި ސެކްޓަރއެއްގެގޮތުގައި ހިއުމަން ރިސޯސަސް ދާއިރާ ބިނާ ކުރުމުގެ ތަސައްވުރާއި ވިސްނުންތެރިކަން ހުރުން
  • ސްޓްރަޓެޖިކް ވިސްނުންތެރިމާއި، މައްސަލަތައް ދެނެގަތުމާއި މަސައްލަތައް ހައްލުކުރުމަށް ހުރި ފުރުސަތުތަކާއި ހުރަސްތައް ދެނެގަނެ ހައްލުކުރުމުގެ ޤާބިލުކަންހުރުން.
  • ފަންނީ ހިންގުންތެރިކަމުގެ އައު ގޮތްތައް ދެނެގަތުމާއި އިސްވެ ކަންކަން ރާވައި ތަރައްޤީކޮށް އަދި ހިންގުމުގެ ޤާބިލިއްޔަތުކަން ހުރުން.
  • މުވައްޒަފުންނާއި ގުޅުންހުރި ކަންކަމުގައި އަމިއްލައަށް އިސްނަންގަވައިގެން ކުރުމާއި މުވައްޒަފުންނާއި ގުޅުން ބެހެއްޓުމާއި، އަދި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ފުރިހަމަ ޤާބިލިއްޔަތުކަމާއި ހުނަރު ހުރުން
  • ވަޤުތާއި ހާލަތަށް ބިނާކޮށް މަސައްކަތްކުރާގޮތް ބަދަލުކޮށްގެން މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ހުރުން
  • އެންމެ ފަހުގެ މައިކޮރޯސޮފްޓް ސޮފްޓްވެއަރ ބޭނުންކުރަން އެނގުން
  • ސިއްރު ހިފެހެއްޓުމާއި ސިއްރު މަޢުލޫމާތު ގެންގުޅުމުގައި ފަރުވާތެރިކަން ހުރުން
  • ވާހަކަ ދެއްކުންތެރިކަމާއި ލިޔުންތެރިކަމުގެ ފުރިހަމަ ޤާބިލިއްޔަތުކަމާއި ހުނަރު ހުރުން
  • މަސައްކަތް ރޭވުމާއި ވަގުތައް މަސައްކަތްތައް ނިންމުމުގެ ފުރިހަމަ ޤާބިލިއްޔަތު ހުރުން
  • ދިރާސާކުރުމުގެ ޤާބިލިއްޔަތުކަމާއި، ސިޔާސަތުތައް ކަނޑައެޅުމަށް ފަންނީ ލަފާ ދިނުމުގެ ޤާބިލިއްޔަތު ހުރުން
  • އަވަހަށް ކަންކަން ދަސްކުރުމާއި ކަންކަން ހައްލުކުރުމުގައި ވިސްނުންތެރިކަމާއެކު ހައްލުކުރުމުގެ ހުނަރު ލިބިފައިވުން
  • ހަރުދަނާކަމާއެކު މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ކުރިމަތުލުމުގު ޤާބިލުކަން ހުރުން.

ތަޢުލީމީ ރޮނގު

ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން، ވަރކްފޯސް ޑިވެލޮޕްމަންޓް، ބިހޭވިއަރަލް ސައިންސް/ ސޯޝަލް ސައެންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ވަރކް ފޯސް ޑިވެލޮޕްމަންޓް، ބިހޭވިއަރަލް ސައިންސް/ ސޯޝަލް ސައެންސް

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތް ތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. 

ސުންގަޑި

2022 ޖުލައި 18 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭވޭނެ ކަންތައްތައް

  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • ރާއްޖޭގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ޝަރުޢީދާއިރާގެ މުވައްޒަފުންނާ ގުޅޭގޮތުން ހެދިފައި ހުންނަ ޤަވާޢިދުތަކާއި، އުޞޫލުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • ކަންކަން ރާވައި ޕްލޭން ކުރުމާއި، ވަގުތު މެނޭޖު ކުރުމުގެ ގާބިލިއްޔަތުކަން ހުރި  ފަރާތަކަށްވުން.
  • މައްސަލަތައް ޙައްލު ކުރުމާއި ހަރުދަނާ ނިންމުންތައް ނިންމުމުގެ ހުނަރާއި ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851 / 3340852
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  • މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ
28 ޖޫން 2022