ދެންނެވުން
ނަންބަރު: (IUL)409/409/2022/53
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 14 ޖުލައި 2022 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޚިދުމަތައް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމު ކުރުން

             ގއ.ނިލަންދޫގައި ސަރުކާރުން ޤާއިމް ކުރަމުންދާ ފެނާއި، ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން ޚިދުމަތައް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި މިއިދާރާއިން ކުރެވުނު ނަންބަރު (IUL)409/409/2021/43 (18 އެޕްރީލް 2021) އިޢުލާނާއި ގުޅިގެން ޚިދުމަތައް އެދި ހުށަހަޅާފައިވާ ފަރާތްތްކުގެ މައުލޫމާތު ޤަވާއިދު ނަންބަރު 2020/R-90 މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަސްރޫއުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ޢާމްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

              ވީމާ، ލިސްޓަށް އެއްވެސް ޝަކުވާއެއް ވާނަމަ 14 ޖުލައި  2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން އެޝަކުވާއެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފެނާއި ނަރުދަމާގެ ޚިދުމަތައް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢޫލޫމާތު ހިމެނޭ ލިސްޓެއް މި އިޢުލާނާއި އެއްއުރަ ކުރެވިފައިވާނެއެވެ.

27 ޖޫން 2022