| މަޤާމް: | ސައިކޮލޮޖިސްޓް | 
| ބޭނުންވާ އަދަދު: | 03 | 
| މަޤާމުގެ ޤިންތި:  | ދާއިމީ | 
| ރޭންކް: | ޗީފް ސިވިލް އޮފިސަރ (C6) | 
| ކްލެސިފިކޭޝަން: | ޕްރޮފެޝަނަލް ސިވިލް އޮފިސަރސް | 
| މުސާރަ: | މަހަކު -/8,420 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/3,500 ރުފިޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު -/3,789 ރުފިޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން:      | މާފުށި ޖަލު، އައްސޭރި ޖަލު، ހެޑް އޮފީސް | 
| ފެންވަރު ނުވަތަ ޝަރުތު:                         | މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
މަޤާމާއި ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ ސައިކޮލޮޖިކަލް ލައިސަންސް ލިބިފައިވުން.މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. | 
| މަޤާމުގެ މަސްޢޫލިއްޔަތު:   | 
ޤައިދީން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ރިހެބިލިޓޭޓްކުރުމުގެ މަސައްކަތުގެ ތެރެއިން ނަފްސާނި އެހީތެރިކަން ފޯރުކޮށް ދިނުން،ޤައިދީންނާއި ބަންދުމީހުންގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމާއި ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށް ދިނުން،ކައުންސެލިންގ ދޭންޖެހޭ މީހުންނަށް ކައުންސެލިން ދިނުމާއި ކައުންސިލިންގ ދެވޭ މީހުންނަށް އަންނަ ބަދަލުތައް ދެނެގަނެ ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާ ކުރުން.މި ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ކައުސިލިންގ ދިނުމާއި އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުންއިދާރީ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލު ކުރެވޭ މަސައްކަތް ކުރުން.
ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން. | 
| މަޤާމާއި ގުޅޭ ދާއިރާ: |  | 
| މަޤާމުގެ ތަޢުލީމީ ރޮނގުތައް: |  | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: | 
ދާއިރާއާއި ގުޅޭ ތައުލީމް ޝަރުތު (ފަންސާސް އިންސައްތަ)ދާއިރާއިން ލިބިފައިވާ ތަޖުރިބާ (ދިހަ އިންސައްތަ)ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް (ފަސް އިންސައްތަ)މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ތިރީސް ފަސް އިންސައްތަ) | 
| ހުށަހަޅަންޖެހޭ ލިޔުންތައް:  | (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.) 
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ، މުއްދަތު ހަމަނުވާ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ "ލައިސަންސްޑް ސައިކޮލޮޖިސްޓް" ލައިސަންސްގެ ކޮޕީވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއްއިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީޕޮލިސް ރިޕޯޓް | 
| ސުންގަޑި:   | މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން  ވަޒީފާއަށް  އެދޭ ފޯމާއި ވަނަވަރު  އަދި  ލިޔެކިޔުންތަކާ އެކު  30 ޖޫން 2022 ވާ ބުރާސްފަތި ދުވަހު 16:00ގެ ނިޔަލަށް  [email protected] ނުވަތަ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 ޖުލައި 03 ން 07 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ. | 
| އިތުރު މަޢުލޫމާތު | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.) |