|
މަޤާމް:
|
ކޭސް އެނަލިސްޓް (ސީނިއަރ އޮފިސަރ)
|
|
މަޤާމް ނަންބަރު:
|
TAT-128
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މަޤާމް ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:
|
އިވެލުއޭޝަން އެންޑް އެސެސްމެންޓް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް
|
|
މުސާރަ، ޢިނާޔަތްތަކާއެކު:
|
- އަސާސީ މުސާރަ: -/8,000 ރުފިޔާ
-ނޮން ޕްރެކްޓިސިންގ އެލަވަންސް: -/3,200 ރުފިޔާ
- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ (އަސާސީ މުސާރައިގެ %40)
-ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތައް ބަލައި ދިރާސާކުރުން.
- ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން މެމްބަރުންނަށް ލަފާދިނުން.
- ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ނިންމުމަށް ރިއާޔަތްކޮށް ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާއަށް އަންނަ ބަދަލުތައް ހިސާބުކުރުމާއި، މިކަމާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލުން ބެލޭނޭ މައްސަލަތައް ކަނޑައެޅުމުގައި ރެޖިސްޓްރާރއަށް ބޭނުންވާ ލަފާދިނުން.
- ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ބޭއްވޭ އިންޓާރނަލް ޓްރޭނިންގތައް ތައްޔާރުކޮށް ހިންގުމުގައި ސެކްޝަން ހެޑަށް އެހީތެރިވެދިނުން
- ސެކްޝަނަށް ބޭނުންވާ ދިރާސީ މަސައްކަތްތައް ކުރިއަށްގެންދިއުން
- ސެކްޝަންގެ މަސައްކަތްތަކާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
- ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގައި ސެކްޝަނުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ތައްޔާރުކުރުމުގައި ސެކްޝަން ހެޑަށް އެހީތެރިވެދިނުން.
- ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން މާލެއިން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން .
- ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު ޢާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އެފަދަ ކަންކަމުގައި އެހީތެރިވެ ދިނުން
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ޤާނޫނާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް ކުރިއަށްގެންދިޔުން
|
|
މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު
- އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 7 ނުވަތަ އެއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
-އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 6 ނުވަތަ އެއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު އެކައުންޓިންގ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 5 ނުވަތަ އެއާއި އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ ދާއިރާގައި މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ހުށަހަޅަން ޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ).
- ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ. މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރައިބިއުނަލުގެ ވަޒީފާއަށް ކުރިމަތިލާއިރު އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުން ތައްޔާރުކުރި ތާރީޚް އެނގެން އޮންނަންވާނެއެވެ).
|
|
އެހެނިހެން މަޢުލޫމާތު
|
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން މި ޓްރައިބިއުނަލުން ދޭ ޕްރެކްޓިކަލްގައި ބައިވެރިވާ ފަރާތްތަކަށެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7374767 އަށެވެ.
|