ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2022/86
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 23 ޖޫން 2022 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޕްރޮގްރާމް ސްޕެޝަލިސްޓް

      ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2022/86

ތާރީޚް: 15 ޖޫން 2022

މަޤާމު

ޕްރޮގްރާމްސްޕެޝަލިސްޓް

ރޭންކް: އެމް.އެސް 3

ޢަދަދު

01

ސެކްޝަން: ޖުޑީޝަލް އެކަޑަމީ / ކޯޓް ޕަރސަނަލް އެޑިއުކޭޝަން

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / ޖުޑީޝަލް އެކަޑަމީ (ވިލިމާލެ)

އަސާސީ މުސާރަ

-/7,035 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/3,517.5 ރުފިޔާ (އަސާސީ މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
  • ލިވިންގ އެލަވަންސް:  -/3,000 ރުފިޔާ
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ6  ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް

 

 

 

 

 

 

 

 

 

 

 

 

 

  1. ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް، ޖުޑީޝަލް އެކެޑެމީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ޝަރުޢީ  ކޯޓުތަކާއި އިދާރާތަކުގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންގެ ނަށް،   ދިގު ރާސްތާ އަދި ކުރު ރާސްތާ ތަމްރީން ޕްރޮގްރާމްތައް  ކުރިއަށް ގެންދިއުން.
  3. ތަމްރީން ޕްރޮގްރާމްތައް ފަރުމާކުރުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކާއި މުއައްސަސާތަކާއެކު ގުޅުން ދަމަހައްޓައި، އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.
  4. ކޯޓް ޕަރސަނެލް އެޑިއުކޭޝަންގެ ދަށުން ކުރިއަށް ގެންދަން ބޭނުންވާ ކޮންސެޕްޓް ނޯޓް، މެނުއަލް އަދި ގައިޑްލައިންސް އެކަޑަމީގެ އިސް ފަރާތްތަކުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ތައްޔާރު ކުރުން.
  5. ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއައްތައް، އަދި އެހެނިގެން ޓްރޭނިންގ އިންސްޓިޓިއުޓް ތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާނެ ޓަރމްސް އޮފް ރިފަރެންސް، އަދި ކޮންސެޕްޓް ތައްޔާރުކުރުން.
  6. އެކެޑެމީން ބާއްވާ ޕްރޮގްރާމް ތަކުން ލިބޭ ފީޑްބެކްއަށް ބިނާކޮށް، ޓްރެއިނިންގ ޕްރޮގްރާމްގެ ކޮންސެޕްޓް/ކަރިކިއުލަމްއަށް ގެންނަންޖެހޭ ބަދަލުތައް ކަމަށް އެކަޑަމީގެ އިސް ފަރާތްތަކުން ފާހަގަ ކުރައްވާ ޕްރޮގްރާމްތައް ރިވައިޒްކޮށް އަޕްޑޭޓް ކުރުން.
  7. އެކެޑެމީން ހިންގާ ޚާއްސަ އިވެންޓް، ކޮންފަރެންސް، ސެމިނާރ ނުވަތަ ރައުންޑްޓޭބަލް މަޝްވަރާތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  8. ޕްރޮގްރާމްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރުކުރުން އަދި ޕްރޮގްރާމްތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުން.
  9. ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއައްތައް، އަދި އެހެނިގެން ޓްރޭނިންގ އިންސްޓިޓިއުޓް ތަކާ ގުޅިގެން އެކެޑެމީން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ތަންފީޒްކުރުމުގައި، ފަނޑިޔާރުންގެ ތަމްރީން ޕްރޮގްރާމްތަކާއި ބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

އެހެނިހެން ޝަރުޠު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

ތަޢުލީމީ ރޮނގު

އެޑިއުކޭޝަން، މެނޭޖްމަންޓް، ލީގަލް

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑިއުކޭޝަނަލް މެނޭޖްމަންޓް އެންޑް ކަރކިއުލަމް ޑިވެލޮޕްމަންޓް، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، ޑިވެލޮޕްމަންޓަލް ސްޓަޑީސް، ލީގަލް ފީލްޑް، ޕްރޮޖެކްޓް/ޕްރޮގްރާމް މެނޭޖްމަންޓް، ފައިނޭންސް، ބިހޭވިއަރަލް ސައިންސް، ކޮމިއުނިކޭޝަން

މަޤާމަށް ބޭނުންވާ ޚާއްސަ ހުނަރުތައް

  • ދިވެހިބަހުން އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތު ކުރަން އެނގުން.
  • މެނުއަލް، ގައިޑްލައިން، ނިއުސް ބުލެޓިން ފަދަ ލިޔުންތައް ތައްޔާރުކުރަން އެނގުން.
  • އަމިއްލަ އިސްނެގުމުގެ މަތީން ކަންކަން ކުރުމާއި، ޕްރޮގްރާމްތައް ހިންގޭނެ ޤާބިލްކަން ހުރުން.
  • ޕްރޮގްރާމްތައް ހިންގުމުގައި ކަމާގުޅޭ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ ޤާބިލްކަން ހުރުން.
  • ޕްރޮގްރާމްތަކުން ލިބޭ ފީޑްބެކްތައް އެނެލައިޒްކޮށް އިވެލުއޭޓްކުރުމުގެ ހުނަރު ހުރުން، އަދި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާނެ ރިސާރޗް ހެދުމުގެ ޤާބިލްކަން ހުރުން.
  • ޒަމާނީ ޓެކްނޮލަޖީއަށް އަހުލުވެރި، ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލްކަން ހުރުން.
  • މުވައްޒަފުންނާއި ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ޝަރުޢީދާއިރާގެ ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަ ކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. 

ސުންގަޑި

2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. މިގޮތަށް ފޮނުވާ ފައިލްގައި އެޕްލިކެންޓުގެ ނަން އަދި އިޢުލާން ނަންބަރު ލިޔަންވާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340856 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މަލްޓި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވުން.
  • ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ޝަރުޢީދާއިރާ ތަމްސީލް ކުރެވޭނެ ފަރާތަކަށްވުން.
  • އަމިއްލަ ޚިޔާލާއި، ވިސްނުމުގެ އަލީގައި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • ކަންކަން ރާވައި ޕްލޭން ކުރުމާއި، ވަގުތު މެނޭޖު ކުރުމުގެ ގާބިލިއްޔަތު ހުރި  ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ އިދާރާތަކުން ރެފަރަލް ޗެކްކުރުމުން ޝަރުއީ ދާއިރާގެ ވަޒީފާތަކަށް އެކަށީގެންވާ ފަރާތަކަށްވުން، މިގޮތުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.
15 ޖޫން 2022