މަސައްކަތް
ނަންބަރު: (IUL)142-A1/142/2022/128
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 16 ޖޫން 2022 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ 02 ފޮތެއްގެ ޕްރޫފް ބެލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުން

އިޢުލާން

ޢަރަބި ބަހުން ލިޔެފައިވާ، ޑރ. ޢުމަރު އަޝްޤަރުގެ އިސްލާމިކް ރީޑް ބުކްސީރީޒްގެ ފޮތްބައިގެ ތެރެއިން (ކުޑަޤިޔާމަތް) ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތް ޕްރޫފް ބެލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ:
(IUL)142-A1/142/2022/107 (26 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީއާއި، މައުލޫމާތު ކަރުދާހަށް ބަދަލުގެންނަން ބޭނުންވާތީ، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކުރައްވާ، މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2022 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2022 ޖޫން 21 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ,30202393020244 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

13 ޖޫން 2022