މަސައްކަތް
ނަންބަރު: (IUL)23-AP/23/2022/283
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 18:21
ސުންގަޑި: 20 ޖޫން 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މ.މުލީ ރީޖަނަލް ހޮސްޕިޓަލް ވޯޑް އޭރިޔާގައި ވީއާރުވީ/ވީއާރު.އެފް އެއަރ ކޮންޑިޝަން އަދި ފްރެޝް އެއަރ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

     މ.މުލީ ރީޖަނަލް ހޮސްޕިޓަލް ވޯޑް އޭރިޔާގައި ވީއާރުވީ/ވީއާރު.އެފް އެއަރ ކޮންޑިޝަން އަދި ފްރެޝް އެއަރ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރި ނަންބަރު:  (IUL)23-AP/23/2022/172  )17 މާރިޗު 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  09 ޖޫން 2022 ބުރާސްފަތި ދުވަހުން ފެށިގެން 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ޖޫން 2022 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

                                                 10 ޛުލްޤައިދާ 1443

09 ޖޫން 2022