ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/124
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 14 ޖޫން 2022 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

ރިނިއުބަލް އިނާރޖީ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/10،500ރ އާއި -/22،000ރ ދެމެދު

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

 ފެންވަރު ނުވަތަ ޝަރުޠު:

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ރިނިއުބަލް އިނާރޖީ ދާއިރާއާއި ގުޅުން ހުރި ދާއިރާއަކުން ތަމްރީން ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  •  ރިނިއުބަލް އިނާރޖީ އާއި ގުޅުންހުރި މާރކެޓް ރިސާރޗް ހެދުމާއި ދިރާސާތައް ކުރުން.
  • ރިނިއުބަލް އިނާރޖީ ޕްރޮޖެކްޓްތަކާއި ގުޅުންހުރި ކަންކަން ފަރުމާކުރުން އަދި ސްޕެސިފިކޭޝަންތައް ތައްޔާރުކުރުން.
  • ރިނިއުބަލް އިނާރޖީ އާއި ގުޅުން ހުރި ފައިނޭންޝަލް އެނަލައިސިސް ހެދުމާއި ފީސިބިލިޓީ ސްޓަޑީތައް ހެދުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

 14 ޖޫން 2022 ވަނަ ދުވަހުގެ 15.00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 14 ޖޫން 2022 ގެ 15.00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

08 ޛުލްޤައިދާ 1443

08   ޖޫން  2022

08 ޖޫން 2022