ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460/460/2014/1003
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 23 ސެޕްޓެންބަރު 2014 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑެސްކް އޮފިސަރ

މަޤާމު:

އެސިސްޓަންޓް ޑެސްކް އޮފިސަރ

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާރޓްމަންޓް

މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ؛
  2. ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުގެ "އިނގިރޭސި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، އަދި؛
  3. ކޮމްޕިޔުޓިންގ އަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލް އަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހަށް އަންނަ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، އެންޓްރީކޮށް، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ހަވާލުކުރަންޖެހޭ ފަރާތްތަކަށް އެ ތަކެތި ހަވާލުކުރުން.
  2. އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، ގުޅާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
  3. އޮފީހަށް ލިބޭ ލިޔުންތަކާއި ފޮނުވޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  4. އޮފީހަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް މަގުފަހި ކޮށްދިނުން.
  5. ވެރިން އަންގާ ގޮތެއްގެ މަތިން އޮފީހަށް އިދާރީ ގޮތުން ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

- ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

- ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މުސާރަ އާއި އެލަވަންސް

އަސާސީ މުސާރަ: (މަހަކު) -/5000 ރުފިޔާ.

އެލަވަންސް: (މަހަކު): -/2000 ރުފިޔާ

އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް /ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010992/3010998/3010988 ނަންބަރު ފޯނާއެވެ.

      ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014